އައިޖީއެމްއެޗްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައިޖީއެމް ހޮސްޕިޓަލުގައި މިއަދު ހެނދުނު އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

ހެނދުނު 10:09 އެހައިކަންހާއިރު ހިނގި މިޙާދިސާއާގުޅިގެން އެހޮސްޕިޓަލުގެ ރެޑްޒޯންގައި އެވަގުތު ޚިދުމަތް ހޯދަންތިބި މީހުންނާއި މުވައްޒަފުން ބޭރަށްނެރެ ތަން ހުސްކޮށްފައިވެއެވެ. މިއަލިފާން މިހާރު ނިއްވާލާފައިވާއިރު، ހޮސްޕިޓަލުގެ އެތެރޭގައި ދުން ބޯވެފައިވާތީ ދުން ބޭރުކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ އަލިފާން ނިއްވާމީހުން ދަނީ ކުރަމުންނެވެ.

މިޙާދިސާ ހިނގީ އައިޖީއެމްއެޗުގެ އިންޖީން ރޫމެއްގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިޙާދިސާގައި އެއްވެސްމީހަކަށް ހާނީއްކައެއް ވީކަމުގެ މަޢުލޫމާތެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު