އަދީބު އިންޑިއާއަށް ފުރާ ވަޑައިގެންފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އަދީބު ފުރާވަޑައިގަތީ މިއަދު ހެނދުނު އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާއާއެކުއެވެ.  އަދީބަށް އިމިގްރޭޝަނުން ދީފައިވަނީ އެއް އަހަރު ދުވަހު އިންޑިއާއަށް ދަތުރުކުރުމުގެ ހުއްދަ ކަމަށް ވަނީ މަޢުލޫމާތުލިބިފައެވެ.

މިކަން ހާމަވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް އިމިގްރޭޝަން ގެ ވަގުތީ ޒިންމާދާރު ވެރިއާ ދެއްވި މައުލުމާތުންނެވެ.

"މީ ޕާސްޕޯޯޓެއް ނޫން، މިއީ އެއް އަހަރު ދުވަހަށް ދެވޭ ޓްރެވަލް ޑޮކިއުމަންޓެއް،" އިމިގެްރޭޝަންގެ ޒިންމާދާރުވެރިއާ ވިދާޅުވިއެވެ.

އަދީބު "ފިލާފާނެ" ކަމަށް ބެލެވޭތީ ގައުމި ސަލާމަތާ ބެހޭ ކޮމެޓީންވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންނާއި، އިމިގްރޭޝަނާއި ކަރެކްްޝަނަލް ސާވިސްގެ އިސް ވެރިން ހާޒިރުކޮށްް ސުވާލުކޮށްފައެވެ.

އަދީބު އިންޑިއާއަށް ދިއުމަށް އިމިގްރޭޝަނުން 1 އަހަރު ދުވަސް ދިން ނަމަވެސް، މިއަދު ފުރުމަށްފަހު އަދީބު އެނބުރި ރާާއްޖެއަށް މިމަހު 26 ވަނަ ދުވަހު އެނބުރި ވަޑައިގަންނަވާނެކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު