ސްޕްރީމް ކޯޓުން ސޫމޯޓޯކޮށް މައްސަލަތައް ބެލުން ހުއްޓުވަން މަޖިލީހަށް

ސުޕްރީމް ކޯޓުން ސޫމޯޓޯކޮށް ނުވަތަ އަމިއްލއަށް އިސްނަގައިގެން މައްސަލަތައް ބެލުން ހުއްޓުވަން ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގައި އެދިލައްވައިފިއެވެ.

މީގެ އިތުރުން ބަންޑާރަ ނައިބު އެދިލައްވާފައިވަނީ މަޖިލީހުގައި އެދިލައްވާފައިވަނީ، ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރި ނިންމުން ދަމަހައްޓައި ތަންފީޒުކުރުމަށްޓަކައި ކަމާބެހޭ ގާނޫނުތަކަށް ބަދަލު ގެނެސް، ޖޭއެސްސީގެ ވާޖިބަށް ހުރަސްއެޅުން ހުއްޓުވުމަށްޓަކައި މި ހިނދުން މި ހިނދަށް މަޖިލީހުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިދިނުމަށެވެ.

" މި ނިންމުން ދަމަހައްޓައި، ތަންފީޒުކުރުމަށްޓަކައި ކަމާބެހޭ ގާނޫނުތަކަށް ބަދަލު ގެނެސް، ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ދުސްތޫރީ އަދި ގައުމީ ވާޖިބަށް ހުރަސްއެޅުން ހުއްޓުވުމަށްޓަކައި، މި ހިނދުން މި ހިނދަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވައިދެއްވުމަށް އެދެން،"

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަންޕެންޑު ކުރިކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމުން ސުޕްރީމް ކޯޓުން ވަނީ ޖޭއެސްސީގެ ނިންމުން ބާތިލުކޮށްފައެވެ. ނަމަވެސް ޖޭއެސްސީން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި އެ ކޮމިޝަނުގެ ނިންމުން ދަމަހައްޓަން ނިންމާފައެވެ.

ޖޭއެސްސީގެ ނިންމުމަށް އެއްބަޔަކު ފާޑުކިޔަމުން އަންނައިރު އަނެއްބަކު ފާޑުކިޔަނީ ސުޕްރީމްކޯޓުގެ ނިންމުމަށެވެ.

ކިޔުންތެރިންގެ ހިޔާލު