ރައްްޔިތުންގެ މަޖިލިސް އުވާލަން ސުޕްރީމް ކޯޓަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލިސް އުވާލަން ސުޕްރީމް ކޯޓަށް ހުށަހަން މޫސާ އަންވަރު ނިންމައިފިއެވެ.

ސޯޝަލްމީޑިއާ އެކްޓިވިސްޓު އަދި ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ސަޕޯޓަރު މިރޭ ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސް އުވާލަން ސުޕްރީމް ކޯޓަށް ހުށަހަޅާނީ، "ގާނޫނު އަސާސީއާއި އިސްލާމް ދީނުގެ ދިފާއުގައި" ކަމަށެވެ.

"މިކަމަށް އެމްޑީޕީގެ އަންނި ފެކްޝަން ނޫން އެހެން ހުރިހާ ޕާޓީއަކުން ތާއީދު ކުރާނެކަމަށް ދެކެން،" މުސާ އަންވަރުގެ ޓްވީޓުގައިި ބުނެފައިވެއެވެ.

މޫސާ އަންވަރީ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑެސީ ބާތިލްކުރަން 2013 ވަނަ އަހަރު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް އިއުލާނުކުރުމަށްފަހު
އެ މައްސަލަ ކޯޓަށް ނުވައްދައި ދޫކޮށްލި މީހެކެވެ.

މޫސާ އަންވަރަކީ އިނގިރޭސިވިލާތުން ހިމަޔާތްދީ ސިޔާސީ ރެފިއުޖީއެއްގެ ގޮތުގައި ބަލައިގެންފައިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު