ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން: ޖޭއެސްސީ

ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބްްދުﷲ ދީދީގެ ސަސްޕެންޝަން އުވާލުމަށް ނެރުނު އަމުރު ގަބޫލު ނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލަމުން ދާތީ އޭނާ ސަސްޕެންޑު ކުރުމަށް ނިންމި ނިންމުމަށް އަމަލުކުރުން ފަސްކޮށް އޭނާއާމެދު އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރުނު ނަމަވެސް ޖޭއެސްސީގެ ނިންމުމަކީ ތަންފީޒުވަމުންދާ، ދެމިއޮތް ނިންމުމެއް ކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިގޮތަށް ނިންމަވާފައިވަނީ މިއަދު އެކޮމިޝަނުން ބޭއްވެވި ބައްދަލުވުމުގައެވެ. މިގޮތަށް ނިންމަވާފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވި 7 މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން ވޯޓު ދީގެނެވެ.

ކިޔުންތެރިންގެ ހިޔާލު