ސައުދީ އެއާޕޯޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސައުދީގެ އެއާޕޯޓަށް ދިން މިސައިލު ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ސައުދީގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން އެންްމެ ހަރުކަށި އިބާރާތުންް ކުށްވެރިކުރާކަމަށެވެ.

"މިފަދަ ދަށުދަރަޖައިގެ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ ސުލްހައަށް މަސައްކަތްކުރާ ކުރާ ފަރާތްތަކުގެ މަސައްކަތައް ހުރަސްއެޅޭ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ސައުދީއާއި އެކު އޮތް އެއްބަނޑުއެއްބަފާ ވަންތަކަމުގެ ގުޅުން ކުރިއަށް އޮތްތާންގައިވެސް އޮންނާނެކަމަށާއި، ސައުދީން ޓެރަރިޒަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ދިވެހި ސަރުކާރުން އެއްބާލުން ދޭނެކަމުގެ ޔަގީންކަން ދޭކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިތުރު ތަފްސީލު އަންނަނީ....

ކިޔުންތެރިންގެ ހިޔާލު