ކޯޓު އަމުރަށް އެދުމުގެ ސީދާ ބާރު ރިޔާސީ ކޮމިޝަންތަކަށް ދޭންޖެހޭ: ހިސާން

މީހުން ހައްޔަރު ކުރުމާއި ބަލާ ފާސްކުރުންފަދަ ކަންކަމަށް ކޯޓު އަމުރަށް ސީދާ ބާރު ރިޔާސީ ކޮމިޝަންތަކަށް ދިނުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަލް ކޮމެޓީގެ ބައެއް މެމްބަަރުން ބުނެފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ޖުޑީޝަލް ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންް ތުޅާދޫ ދާއިރާގެ މެމްްބަރު ހިސާން ހުސެން ވިދާޅުވީ، ރިޔާސީ ކޮމިޝަންްތުގެ ތަހުގީގަށް ކޯޓުއަމުރުނެގުމާ، ބަލާ ފާސްކުރުމާ މީހުން ހައްޔަރުކުރުންް ފަދަ ކަންްކަަން މިހާރު ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލުގައި އޮތް ގޮތުން އެދެން ޖެހެނީ އެހެން މުއައްސަސާއެއްގެ އެހީތެރިކަމާއެކުކަމަށެވެ.

"ކޮމިޝަންއަށް އަމުރުތަަށް އެދުމުގެ ބާރު މިދޭ މައިގަނޑު ސަބަބުތަކަކީ އިނީޝަލް ޑެސިޝަންް ނެގުން އެހެން މުއައްސަސާއެއްގެ އަތްމައްޗަށް ދޫވެގެން ނުދިއުން. މިސާލަކަށް މީހަކު ހައްޔަރުކުރަންޖެހޭކަމަށް ، ތަނެއް ބަލާ ފާސްކުރަންޖެހޭކަމަށް، މީހެއްގެ އެކައުންޓު ޑީޓެއިލްްސް ބަލަންޖެހޭކަމަށް ކޮމިޝަނަށް އަމުރެއްް ހޯދަންޖެހޭ ހާލަތުގަ ކޮމިޝަނުން މިކަމަށް ކިތަންމެ ބޭނުންވެ ހުއްޓަސް އެހެން މުއައްސަސާއެއްގެ އެޕްރޫވަލް ހޯދައިގެން ނޫން ގޮތަކަށް އެއަށްް [އަމުރަކަށް] އެދެވެން ނެތީމަ އެކަން އެމީހުންނަށް ނުވެ އޮތުން.. އެ އޮބްސްޓިކަލް [ހުރަސް] ދުއްވާލުން އަދި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ކޮމިޝަނަށް ދޭންހޭ ހުރިހާ އެއްބާރުލުމެއް ދެންޖެހޭނެގޮތަށް ބިލު ބަދަލުކުރުން މުހިންމު،" ހިސާންް ވިދާޅުވިއެވެ.

ހިސާންގެ ވާހަކަފުޅަށް ތާއީދުކުރައްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ވެސް ވިދަޅުވީ "އޯވަރައިޑިން ކްލޯސްްއެއް" ނުވަތަ އެހެން މުއައްސަސާތަކުގެ ބާރު ކޮމިޝަންތަކަށް ހިންގޭނެ ބާރު ރިޔާސީ ކޮމިޝަންތަކުުގެ ބިލުގައި އޮތުން މުހިންމުކަމަށެވެ.

"އޯވަރައިޑިން ކްލޯސްއެއް ލާން އެބަޖެހޭ މިއަށް. އެހެން ގާނޫނުެއްގަ ކޮންމެ ގޮތަކަށް އޮތްކަމަށްވީނަމަވެސް އޭ ކިޔާފަ މިލާ ކްްލޯސް އެބަޖެހޭ މިއަށް ލާން. އެއީ ފުލުހުންް ދީފަ އޮންްނަ ބާރު އެއީ ހަމައެކަނި އެމީހުންގެ އިގްތިސާސްއަކަށް ވާއިރު އެއީ ކަންތައްތައް ނުވެދިއުމަށް އޮތް ހުރަހަކަށް ވެގެނެއްނުވާނެ،" އަލީ ހުސެން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު