"ލީޑަރުންގެ ބައްދަލުވުން ނުބޭއްވެނީ ބުރަކަމުން "

ލީޑަރުންގެ ބައްދަލުވުން ނުބޭއްވެނީ ބުރަކަމުންކަމަށް ވެދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ތަރުޖަމާން އިބްރާހިމް ހޫދް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގއި ލީޑަރުންގެ ބައްދަލުވުމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ހޫދު ވިދާޅުވީ، ބައްދަލުވުން ނުބޭއްވުނަސް "މަސައްކަތްކުރަން ދަތި ނޫން" ކަމަށެވެ.

ކޯލިޝަން މީޓިން އަޅުގަނޑަށް ހީވަނީ އެބޭފުޅުންގެ ތަންކޮޅެއް ބުރައީ ހެން،" ހަތަރު ލީޑަރުންގެ ބައްދަލުވުމާ ގުޅޭގޮތުން ހޫދު ވިދާޅުވިއެވެ."

ރައީސް ސާލިހުގެ ސަރުކާރު އެކަލާވާލެވުނުއިރު އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، އެމްޑީޕީ އަދި ރައީސް މައުމޫނު ހިމެނޭގޮތަށް ރައީސް ސާލިހާއެކު ކޮންމެ މަހަކު އެއްފަހަރު ބައްދަލުވުމެއް ބޭއްވުމަށް ނިންމެވިއެވެ. ނަމަވެސް އެނެމް ފަހުން މި ބައްދަލުވުން ބާއްވާފައިވަނީ މަޖިިލިސް އިންތިހާބުގެ ކެމްޕޭނު ފެށުމުގެ ކުރިން ޕާޓީތައް ނުކުންނާނީ އެކުއެކީގައި ތޯ ވަތަ ވަކިންތޯ ބެލުމަށެވެ. އެ ބައްދަލުވުމުގައި އެއްބައި ލީޑަރުން އެއްކޮށް ނުކުންނަށް ބޭނުންވިއިރު އަނެއްބައި ލީޑަރުން ބޭނުންވީ ޕާޓީތައް ވަކިވަކިން ނުކުންނާށެވެ.

މަޖިލިސް އިންތިހާބުގެ ކުރިން ވެސް ސަރުކާރު ކޯލިޝަން ތެރޭގައި އޮތީ ނުތަނަވަސްްކަން އުފެދިފައެވެ. ހަތަރު ލީޑަރުންގެ މެދުގައި ބައިބައިވުން އުފެދުނު ނަމަވެސް ރައީސް
ސާލިހު ގެންދަވަނީ ހަތަރު ލީޑަރުނާއެކު މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން އެމްޑީޕީން މަޖިލިސް އިންތިހާބަށް ވަކިން ނުކުތްނަމަވެސް، ސަރުކާރު މިނިސްޓްރީތަކުން ކޯލިޝަން މެމްބަރުންނަށް ދީފައިވާ ސްލޮޓްތަކަށް އެއްްވެސް ބަދަލެއް ރައީސް ސާލިހު ނުގެންނަވައެވެ.

އަޅުގަނޑުމެންނަށް ދައްޗެއް ނޫން އެބޭފުޅުންނާ އެކު ވޯކް ކުރާކަށް،" ކޯލިޝަނާއެކު މަސައްކަތް ކުރުމާ ގުޅޭގޮތުން މިއަދު ހޫދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

 1. ނަޝީދު

  އިބޫ ހާދަހާ ބިޒީ ކޮށްލައިގެން ތިޔައުޅެނީ

  2
  1
  • ކިނބޫ

   ބިޒީ ވެގެން ކީއްތަ މިސޮރުމެން ކުރަނީ.

   1
   1