މެމްބަރު ހަސަންޓޭ އެކްސިޑެންޓުވެ ފަރުވާދެނީ

ސައިކަލު އެކްސިޑެންްޓެއްގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) އަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ.

މި އެކްސިޑެންޓުގައި ހަސަންޓާގެ އެއް ފައި ބިދި ބޯ ވެސް ވަނީ ފަޅައިގެން ގޮސްފައެވެ.

އޭނާ އެކްސިޑެންޓުވީ މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިން ސައިކަލު ނައްޓާލަން އުޅުމުގެ ތެރޭގައެވެ.

ހަސަންޓޭގެ ހާލު ސީރިއަސްއެއް ނޫންކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު