ކޮމަންވެލްތާ އަލުން ގުޅުމަށް ރާއްޖެއިން ހުށަހަޅަންޖެހޭ ބައެއް ލިޔެކިއުން ހުށަހަޅައިފި

ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުމަށްޓަކައި ހުށަހަޅަންޖެހޭ ބައެއް ލިޔެކިއުންތައް ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑަށް ރާއްޖޭގެ ފަރާތުން ހުށަހަޅައިފިއެވެ.

މިލެޔެކިއުންތައް ހުށަހެޅުއްވީ މިއަދު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ބައްދަލުކުރެއްވުމަށްފަހުއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ކޮމަންވެލްތަށް އަލުން އަނބުރާ ގުޅުމަށްޓަކައި ރާއްޖެއިން ހުށަހެޅުމަށް އެޖަމްއިއްޔާއިން އެދުނު ބައެއް ލިޔެކިޔުން މިނިސްޓަރ ޝާހިދު ވަނީ އެކަމަނާގެ އަތްޕުޅަށް އަރުވާފައެވެ.

ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ކުރެއްވި ޓުވީޓެއްގައި ވަނީ މިކަން ހާމަކުރައްވާފައެވެ. އަދި އޮމާންކަމާއެކު ވީހާވެސް އަވަހަށް ރާއްޖެ ކޮމަންވެލްތުގައި އަލުން ބައިވެރިވުމުގެ ކަންކަން މިކަން ނިމިގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކޮމަންވެލްތާ ރާއްޖެ ވަކިވީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ސަރުކާރުންވަނީ ކޮމަންވެލްތާ އަލުން ގުޅުމުގެ މަސައްކަތް ފަށާފައެވެ. އަދި ކޮމަންވެލްތާ އަލުން ރާއްޖެއިން ގުޅުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުންވަނީ ފާސްވެސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު