ފެމިލީ ކޯޓުގެ އިސްގާޒީ ސަސްޕެންޑުކޮށްފި

ފެމެލީކޯޓުގެ އިސްގާޒީ ހަސަން ސައީދު ސަސްޕެންޑުކޮށްފިއެވެ.

ހަސަން ސައީދުގެ ސަސްޕެންޑު ކުރީ ޖުޑީޝަލް ސާވިސް ކޮމިޝަނުން މައްސަލައެއް ތަހުގީގުކުރަމުން ދާތީއެވެ.

ޖޭއެސްސީން ބުނީ ސުޖާއު ސަސްޕެންޑުކުރަން ނިންމީ ތަހުގީގު އިތުރަށް ކުރިއަށްގެންދިއުމަށްޓަަކައި ހަސަން ސައީދު ސަސްޕެންޑު ކުރަންޖެހޭކަމަށް ތަހުގީގުކުރާ ކޮމެޓީއަށް ފެންނާތީކަމަށެވެ.

ބަދުއަހުލާގީ މައްސަލައެއްގައި ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވެސް މިއަދުގެ ޖަލްސާގައި ނިންމާފައިވެއެ.

މިއަދު މަގާމުންވަކިކުރުމަށް މަޖިލީހަށް ފޮނުވާފައިވަނީ ގދ. ތިނަދޫ މެޖިސްްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ ނަމެވެ.

އޭނާ މަގާމުން ވަކިކޮށްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދު ޖަލްސާގައި ރައްޔިިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގަތެވެ.

މީގެ އިތުރުން ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްފުﷲ ދީދީ ސަސްޕެންޑު ކުރުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު