ބަދުއަހުލާގީ މައްސަލައެއްގައި ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވަނީ

ބަދުއަހުލާގީ މައްސަލައެއްގައި ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމައިފިއެވެ..

މިއަދު މަގާމުންވަކިކުރުމަށް މަޖިލީހަށް ފޮނުވާފައިވަނީ ގދ. ތިނަދޫ މެޖިސްްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ ނަމެވެ..

އޭނާ މަގާމުން ވަކިކޮށްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދު ޖަލްސާގައި ރައްޔިިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގަތެވެ.

މީގެ އިތުރުން ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްފުﷲ ދީދީ ސަސްޕެންޑު ކުރުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު