މީރާއަށް މޭ މަހު 1 ބިލިއަން ރުފިޔާ

ތަފާތު ޓެކްސްތަކުގެ ގޮތުގައި މީރާއަށް މޭމަހު 1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އެތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ޓެކުހުގެ ފައިސާ ލިބިފައިވަނީ ޖީީީއެސްޓީ ބީ.ޕީ.ޓީ، ޖީ.އެސް.ޓީ އަދި ގްރީން ޓެކުހުގެ ގޮތުގައެވެ.

މޭ މަހުގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 666.90 މިލިއަން ރުފިޔާއެވެ.

ބީޕީޓީއަށް 95.40 މިލިއަން ރުފިޔާއެވެ. ގްރީން ޓެކުހުގެ ގޮތުގައި 77.66 މިލިއަން ރުފިޔާ އެއާޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 64.84 މިލިއަން ރުފިޔާ އެއާޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 64.27 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 116.62 މިލިއަން ރުފިޔާ މިގެ ތެރޭގައި ހިމެނެއެވެ.

މީރާއަށް މޭމަހު ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ މޭމަހާއި އަޅާބަލާއިރު 3.4 އިންސައްތަ އިތުރު އަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު