ކުޅުދުއްފުށީ އެއާޕޯޓަށްް ރާޅު އަރަނީ

ހދ. ކުޅުދުއްފުށީ ކުޅި ހަލާކުކޮށްލުމަށްފަހު އެރަށުގައި ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން އެޅި އެއާޕޯޓަށް ރާޅު އަރަން ފަށައިފިއެވެ.

ރާޅު އަރަން ފަށާފައިވަނީ އެއާޕޯޓާ ދިމާލުން އޮންނަ ހިލަ ތޮށިގަނޑު ވެއްޓުމާގުޅިގެންނެވެ. ރާޅު އަރާތީ އެއާޕޯޓާ ދިމާލުގައި ޝީޓްޕައިލްކޮށް ފާރެއް ރޭނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ކުޅުދުއްފުށީގެ ކުޅީގެ ބޮޑުބައެއް ގެއްލި ހަލާކުވާގޮތަށް އެއާޕޯޓު އަޅާތީ އޭރުވެސް އެތައް ބަޔަކު ދިޔައީ އެކަން ނުކުރުމަށް ގޮވާލަމުންނެވެ. ސަބަބަކީ ކުޅި ހަލާކު ކޮށްލުމުގެ ސަބަބުން އެރަށުގެ އިގްތިސާދަށް ގެއްލުންވެ، ތިމާވެށި ހަލާކުވާނެތީއެވެ.

މީގެ ކުރިން ވެސް ވަނީ އެއާޕޯޓާ ދިމާލަށް އޮންނަ ތޮށިގަނޑު ވެއްޓިގެން އަލުން މަރާމާތުކޮށްފައެވެ. މިކަމާ ގުޅިގެން ކުޅުދުއްފުށީ މީހުން ބުނަނީ ތޮށި ގަނޑު ވެއްޓެނީ "ލުއި ހިލަ" ޖަހާފައި އޮތުމުގެ ސަބަބުން ކަމަށެވެ. ނަމަަވެސް އެެމްޓީީީސީސީން އެކަން ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު