އަދީބު މައްސަލާގައި އެންމެ ފަހުން އިމްރާން ވެސް މަޖިލީހަށް ހާޒިރު ކުރަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދިއުމަށް ހުއްދަ ދިން މައްސަލާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންނާއި އިމިގްރޭޝަންގެ އިސްވެރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީއަށް ހާޒިރުކުރަން ނިންމާއިފިއެވެ.

މި މީހުން ކޮމެޓީއަށް މި ބޭފުޅުން ހާޒިރުވުމަށް އަންގާފައިވަނީ މިއަދު ހަވީރު 4:00 އަށެވެ.

މި ބޭފުޅުންގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވެސް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއިން ބޭރަށް ބޭސް ފަރުވާކުރަން ދިއުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން އިއްޔެ ވަނީ އަދީބަށް ދީފައެވެ.

އެ ސާވިސް އިން ބުނަނީ ހުއްދަ ދިނީ މެޑިކަލް ބޯޑުން ހުއްދަ ދިނުމުންކަމަށެވެ.

ކުރީގެ ނައިބް ރައީސްގެ މައްޗައްކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ތަންފީޒުކުރަމުން ދިޔަ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މީގެ ހަފްތާއެއް ކުރިން ވަނީ ބާތިލްކޮށްފައެވެ. އޭގެ ސަބަބުން އަދީބް ގެ މައްޗައް އިއްވާފައިވާ ހުރިހާ ޖަލު ހުކުމް ތަކުން އޭނާ ސަލާމަތްވެ ވަނީ މިނިވން ވެފައެވެ.

އެ ޙުކުމް ބާތިލް ކުރި ނަމަވެސް ހައިކޯޓުން ވަނީ މައްސަލަ އަލުން ބަލަން އަމުރު ކޮށްފައެވެ.

އަދީބުގެ މައްޗަށް އެކި މައްސަލަތަކުގައި އިއްވާފައި އޮތް 33 އަހަރުގެ ޖަލު ޙުކުމްތަކުގެ ތެރެއިން ދެ ޙުކުމެއް ކުރިން އޮތީ ބާތިިލް ކޮށްފައެވެ.

އޭނާގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް ވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި ލޯންޗުކޮޅު ގޮވި މައްސަލާގައި އޭނާގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

އެހެން ނަމަވެސް އަދީބު އަދިވެސް ހުންނެވީ ގޭބަންދުގައެވެ. ސަބަބަކީ އޭނާ ގޭބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެފައިވުމާއި އަދި ސުޕްރީމް ކޯޓުން އެ އަމުރަށް ތާއީދުކޮށްފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު