ދިއްދޫ މީހުން ހަލާކުކޮށްްލި ފުޓްސަލް ދަނޑު މަރާމާތުކޮށް އަލުން ހުޅުވައިފި

ހއ. ދިއްދޫ ކައުންސިލުން ކުރިއަށް ގެންދިޔަ ފުޓްބޯޅަ މުބާރާތުގައި މައްސަލަ ހޫނުވެ ހޯމަ ދުވަހުގެ ރޭ ހަލާކުކޮށްލި ފުޓްސަލް ދަނޑު އަލުން މަރާމާތުކޮށް ހުޅުވަިއިފިއެވެ.

ދިއްދޫ ފުޓްސަލް ދަނޑު ހަލާކުކޮށްލާފައިވަނީ ހޯމަ ދުވަހުގެ ރޭ ކުޅުނު ފުޓްބޯޅަ މެޗެއް ހޫނުވެގެނެވެ.

މި މުބާރަތަކީ ދިއްދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މުބާރަތެކެވެ.

ުދަނޑު ހަލާކުކޮށްލުމުގެ އިތުރުން، މެޗު ކުޅުނު ދެ ޓީމާއި ސަޕޯޓަރުންގެ މެދުގައި ވަނީ މާރާ މާރީ ވެސް ހިންގާފައެވެ. ނަމަވެސް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރެއް އަދި ނުކުރެއެވެ.

މައްސަލަ ހައްލުކުރީ ފުލުހުންނާއި ބައެއް ސަޕޯޓަރުންނާއި އޮފިޝަލުން ގުޅިގެންނެވެ.

މި މައްްސަލާގައި ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު