"އަދީބަކަށް ނުފިލޭނެ"

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: —

ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ވަޑައިގަތަސް ނުފިލޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސަލާމަތީ ކަންކަން ސަރުކާރުން ވާނީ ހަމަޖައްސާފައި ކަމަށާއި، އަދީބާއެކު ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އިންޑިއާ އަށް ދާނެކަމަށެވެ.

"އަދީބު ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން ނިންމީ ރާއްޖެ އިން ފަރުވާ ކުރެވެން ނެތުމާއެކު ބޭރުން ކަމާ ބެހޭ ފަރާތްތައް ގެނެސްގެން ވެސް އެ މައްސަލަ ހައްލުވެފައި ނުވާތީ،" ކަމަށެވެ.

ހޯމް މިނިސްޓްރީން މިހެން ބުނި ނަމަވެސް މިވަގުތު ހިނގަމުން އަންނަ ހަމައެކަނި ހުކުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުން ކޮށްފައިވާ 15 ދުވަހުގެ ގޭބަންދުގެ ހުކުމެވެ. އަދި އެ ހުކުމް މިމަހު މެދު ތެރެއަށް ހަމަވާނެއެވެ.

ފަހުގެ ތާރީހެއްގައި ދިވެހިރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާންކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފަހަތުގައި ވެސް ވަނީ އަދީބުކަށް ދައުލަތުން ކުރިން ތުހުމަތުކުރިއެވެ. އެހެން ނަމަވެސް އޭނާގެ މައްޗަށް ކޮށްފައިވާ ހުރިހާ ދައުވާތަކެއް ހައިކޯޓާއި ސްޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ. މިހާރު އޭނާގެ މައްޗަށް ހިނގަމުން އަންނަ 15 ދުވަހުގެ ގޭ ބަންދުގެ ހުކުމަކީ ކޯޓުގެ ހުރުމަތްކެނޑިކަމުން ކޮށްފައިވާ ހުކުމެކެވެ.

ކިޔުންތެރިންގެ ހިޔާލު