ޕްރިޒަންސް ކޮމިޝަނަރު މަޖިލިހަށް ހާޒިރު ކުރަނީ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިޔުމުގެ ހުއްދަ ދިން މައްސަލާގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ރައްޔިތުންގެ މަޖިލިހަށް ހާޒިރު ކުރަން ކުއްލި މައްސަލައެއް ވައްދައިފި އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެ މައްސަލަ ވެއްދީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.

އަދީބު ފުރައިގެން ދިޔުމަށް ހުއްދަ ދިން އިރު، އޭނާ ފުރައިގެން ނުދާނެކަން ކަށަވަރު ކުރުމަށް އަޅާ ފިޔަވަޅުތައް ސާފު ކުރަން ޕްރިޒަންސް ކޮމިޝަނަރު ހާޒިރު ކުރަން" ހެޖޭ" ބިލް ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވިއެވެ.

އެ ކުއްލި މައްސަލަ ފާސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 56 މެމްބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.

ވޯޓަށް އެހިއިރު މަޖިލީހަށް ހާޒިރުވެ ތިއްބެވީ 58 މެމްބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު