ދަރިވަރުންގެ ލޯނަށް އޮންލައިންކޮށް ހުށަހަޅާ ޕޯޓަލް އާންމުކޮށްފި

ދަރިވަރުންގެ ލޯނަށް އޮންލައިންކޮށް ހުށަހެޅޭ ޕޯޓަލް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފިއެވެ.

މަތީތައުލީމުގެ ލޯނަށް އެދުނު ގިނަ ދަރިވަރުން ތަކަށް އެ ލޯނު ނުލިބުމުން އެމައްސަލަ ވަނީ ހޫނޫ ވެފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ 339 ދަރިވަރުންވަނީ މަތީ ތަޢުލީމުގެ ލޯނަށް އެދިފައެވެ. މީގެ ތެރެއިން ލޯނު ހަމަޖެހިފައިވަނީ 79 ދަރިވަރަކަށެވެ. މީގެ ތެރޭގައި އަލަށް ކިޔަވަން ފެށި ދަރިވަރުންނާއި މިހާރުވެސް ކިޔަވަމުންދާ ދަރިވަރުން ހިމެނެއެވެ.

އެ މިނިސްޓްރީ ބުނެފައިވަނީ އެންމެގިނަ ދަރިވަރުންނަށް ލޯނު ހަމަނުޖެހުނީ އެޕްލިކޭޝަނަށް ބޭނުންވާ ލިޔެކިޔުންތަކުގެ 2 ފަރާތް ހުށަނާޅާ ހުރުމުގެ ސަބަބުންނެވެ. އެއީ 271 އެޕްލިކޭޝަނެވެ.

އަދި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާާފައި ހުރިއިރު މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން 183 އެޕްލިކޭޝަން ބާތިލުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު