ރިލްވާން ގެއްލުވާލުވާލި މައްސަލާގައި އަދީބާ ސުވާލުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާޒިރުކޮށް  ނޫސްވެރިއާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާއި، ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި އޭނާގެ ބަޔާން ނަގާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަން އޮން ފޯސްޑް ޑިސަޕިއަރެންސް އެންޑް ޑެތްސް އިން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ބުނީ، އަދީބު ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދިއުމަށް ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދީފައިވަނިކޮށެވެ.

އެ ކޮމިޝަނުން ބުނެފައިވަނީ އަދީބު ހާޒިރުކޮށް ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ގެއްލުވާލާފައިވާ ނޫސްވެރިއާ އަހުމަދު ރިލުވާނާއި ގުޅޭގޮތުން ސުވާލުކޮށްފައިވާތީ އެކަން އާންމުންގެ ސަމާލުކަމަށް ގެންނަން ބޭނުންވާކަމަށެވެ.

އެ ކޮމިޝަނުން މިހެން ބުނީ އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދިނުމުން، އެކަމާއި ގިނަބަޔަކު ފާޑުކިޔަމުން އަންނަ ދަޑިވަޅެއްގައެވެ.

ރާއްޖެއިން ބޭރަށް ބޭސް ފަރުވާކުރަން ދިއުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން މިއަދު ވަނީ އަދީބަށް ދީފައެވެ.

އެ ހުއްދަ ދިންކަން ކަރެކްޝަނުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެ ސާވިސް އިން ބުނަނީ ހުއްދަ ދިނީ މެޑިކަލް ބޯޑުން ހުއްދަ ދިނުމުންކަމަށެވެ.

ކުރީގެ ނައިބް ރައީސްގެ މައްޗައްކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ތަންފީޒުކުރަމުން ދިޔަ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މީގެ ހަފްތާއެއް ކުރިން ވަނީ ބާތިލްކޮށްފައެވެ. އޭގެ ސަބަބުން އަދީބް ގެ މައްޗައް އިއްވާފައިވާ ހުރިހާ ޖަލު ހުކުމް ތަކުން އޭނާ ސަލާމަތްވެ ވަނީ މިނިވން ވެފައެވެ.

އެ ޙުކުމް ބާތިލް ކުރި ނަމަވެސް ހައިކޯޓުން ވަނީ މައްސަލަ އަލުން ބަލަން އަމުރު ކޮށްފައެވެ.

އަދީބުގެ މައްޗަށް އެކި މައްސަލަތަކުގައި އިއްވާފައި އޮތް 33 އަހަރުގެ ޖަލު ޙުކުމްތަކުގެ ތެރެއިން ދެ ޙުކުމެއް ކުރިން އޮތީ ބާތިިލް ކޮށްފައެވެ.

އޭނާގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް ވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި ލޯންޗުކޮޅު ގޮވި މައްސަލާގައި އޭނާގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

އެހެން ނަމަވެސް އަދީބު އަދިވެސް ހުންނެވީ ގޭބަންދުގައެވެ. ސަބަބަކީ އޭނާ ގޭބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެފައިވުމާއި އަދި ސުޕްރީމް ކޯޓުން އެ އަމުރަށް ތާއީދުކޮށްފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު