މަގު ހަދަން 210 މިލިއަން ރުފިޔާގެ ޕްރޮޖެކްޓުތަކެއް އެމްޓީސީސީއަށް

ރާއްޖޭގެ ބައެއް ރައްރަށުގެ މަގު ހެދުމަށް 210 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާ ޕްރޮޖެކްޓުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ޖުމްލަ 23.3 ކިލޯމީޓަރުގެ މަގު ހެދުމަށެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދަނީ ހދ.ހަނިމާދޫގެ 18މަގާއި، ރ.އުނގޫފާރުގެ 15މަގާއި، ބ.އޭދަފުށީ 17 މަގާއި، ބ.ދަރަވަންދޫ 12 މަގާއި، ލ.ފޮނަދޫ 12 މަގާއި، ޏ.ފުވައްމުލަކު ރިންގ ރޯޑް، އަދި ސ.ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތެވެ.

މިއީ މިއަހަރު އަލަށް ފެށި ޕްރޮޖެކްޓުތަކެވެ. އަދި މަޕްރޮޖެކްޓުތަކަށް ބަދަލު ގެނެސްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

"މަގު ހެދުމުގެ ޑިޒައިނާއި މަގު ހަދަމުން އަންނަ ގޮތްތަކަށް ބަދަލުތަކެއް ގެނައީ ކުރިން ހިންގި މަގު ހެދުމުގެ މަޝްރޫއުތަކުގެ ތަޖުރިބާއަށް ބަލާ މަގުތަކުގެ ފެންވަރު ރަގަޅުކުރުމުގެ ބޭނުމުގައި،" އެމްޓީސީސީން މިއަދު ބުންޏެވެ.

މި ގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި މަގު ހެދުމުގައި ވެއްޔާ ސިމެންތި ބޭނުންކޮށްގެން އަޅަމުން އައި ފަށަލަތަކުގެ ބަދަލުގައި ދެން އެ ފަށަލަ އަޅާނީ ހިލަ ބޭނުންކޮށްގެންކަމަށް އެމްޓީސީސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު