ފެންސުޖަހައި މޭޒު އުސްކުރީމަ ވާ ފަސޭހަ އިހްސާސްކުރެވޭނީ ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް: ރީކޯ

ރައްޔިތުންގެ މަޖިލީހުގެ މޭޒު އުސްކުރުމުން ވާ ފަސޭހަ އިހްސާސް ކުރެވޭނީ ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ކަމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

ރީކޯ މިހެން ވިދާޅުވެފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާއި އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ހަވާލުވެވަޑައިގަނެފައިވަނިކޮށެވެ.

އީވާއަކީ ކުރިން ރައްޔިތުންގެ މަޖީލުގައި އެމްޑީޕީ މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި އޮތް އިރު މަޖިލީހުގައި ބައެއް ކަންކަމުގައި އިހްތިޖާޖު ކުރެއްވި
ބޭފުޅެކެވެ. އީވާ ރިޔާސަތާއި ހަވާލުވެ ވަޑައިގަތުމުން މަޖިލީހުގެ ރިޔާސަތުގައި ރީކޯ މޫސަ އިންނަވަނިކޮށް މުޒާހަރާ ކުރުމުގެ ގޮތުން އަޑުގަދަ ކުރާއެއް ހިފައިގެން އިހުތިޖާޖު ކުރައްވާ ފޮޓޯއެއްވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އަލަށް ފެށި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާއިރު، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. އެގޮތުން މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 65 މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު