ޑިއުޓީގެ ގޮތުގައި މޭމަހު ލިބުނު އާމްދަނީއަށް 35 މިލިއަން ރުފިޔާގެ ކުރިއެރުމެއް

މޯލްޑިވްސް ކަސްޓަމްްސް: —

ދިވެހިިރާއްޖޭގެ އިމްޕޯޓު އެކްްސްޕޯޓު ޑިއުޓީގެ ގޮތުގައި މިއަަހަރުގެ މޭމަހު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މޭ މަހާއި އަޅާ ބަލާއިރު 35 މިލިއަން ރުފިޔާގެ ކުރިއެރުމެއް ހޯދައިފިއެވެ.

މިއަހަރުގެ މޭމަހު އިމްޕޯޓު އަދި އެކްސްޕޯޓު ޑިއުޓީގެ ގޮތުގައި 271 މިލިއަން ރުފިޔާގެ އާމްދަނީއެއް ދިވެހި ސަރުކާރަށް ވަނީ ލިބިފައެވެ. ނަމަަވެސް މިދިޔަ އަހަރުގެ މޭމަހު ލިބުނީ 236 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ މޭމަހު އެކްސްޕޯޓު ޑިއުޓީގެ ގޮތުގައި 232 މިލިއަންް ރުފިޔާ ލިބުނު އިރު މިދިޔަ އަހަރު ލިބިފައިވަނީ 205 މިލިއަން ރުފިޔާއެވެ. އަދި އިމްޕޯޓު ކުރި މުދަލުން 3.5 ބިލިއަން ރުފިޔާ 2018 ވަނަ އަހަރުގެ މޭ މަހު ލިބުނު އިރު މިއަހަރު ލިބިފައިވަނީ 3.6 ބިލިއަން ރުފިޔާއެވެ.

ދިވެހިރާއްޖެއަށް އަގުގެ ގޮތުން އެންމެ ގިނައިން އިމްޕޯޓު ކުރި ގައުމަކީ ޗައިނާއެވެ. ދެވަނާގައި ޔޫއޭއީ އޮތް އިރު ތިންވަނައިގައި އޮތީ ސިންގަޕޫރެވެ.

ރާއްޖެއިން އަގުގެ ގޮތުން އެންމެ ގިނައިން އެކްސްޕޯޓު ކުރި ގައުމަކީ ތައިލޭންޑެވެ. އަދި ދެވަނާގައި ޖަރުމަނު އޮތް އިރު ތިންވަނާގައި އޮތީ ފަރަންސޭސިވިލާތެވެ.

ކިޔުންތެރިންގެ ހިޔާލު