"އިންޑިއާއެކު ސޮއިކުރާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރޭ"

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ގައި ރާއްޖެއާއެކު ސޮއިކުރައްވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރުމަށް ޕީޕަލްސް ނެޝަނަލް އެލަޔަންސް ، ޕީއެންސީ އިން ގޮވާލައިފިއެވެ.

ޕީއެންސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ "އެމްޑީޕީގެ ވެރިކަމުގައި އޮތް އިރު ދިވެހި އިގްސާދައް ގެއްލުންވާގޮތަށް ދިވެހިރާއްޖޭގެ މައި ދޮރާށި ވިއްކާލާފައި" ވާކަމަށެވެ. އަދި މިހާރު އޮތް ސަރުކާރުން ވެސް އެފަދަ ކަމެއް ކޮށްފާނެކަމަށް ބެލެވޭ ކަމަށް އެޕާޓީން ބުނެއެވެ.

މައިދޮރާށި ވިއްކާލިކަމަށް އެޕާޓީން ބުނަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ހުޅުލޭ އެއާޕޯޓު ކުއްޔަށް ދޫކުރުމުންނެވެ.

މީގެ އިތުރުން ދެ ނަމާދު ވަގުތުގައި މޯޑީ ތަގުރީރު ކުރައްވާތީވެސް އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އިންޑިއާގެ އެހީތެރިކަމާ އެކު، ރާއްޖޭގައި 14 މަޝްރޫއެއް ކުރިއަށް ގެންދަން މިހާތަނަށް އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ. ނަމަވެސް އެ ޕްރޮޖެކްޓުތަކުގެ ތަފްސީލު ދިވެހި ސަރުކާރުން އަދި ހާމައެއްނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު