ރާއްޖޭގައި ރިކޯޑު އަދަދަކަށް ފަގީރުން މަދުވެއްޖެ

ރާއްޖޭގައި ފަގީރުންގެ ޢަދަދު ބޮޑު ތަނުން މަދުވެ, ގާތްގަނޑަކަށް ފަގީރުންގެ އަދަދު 1,000 އަށް ވެއްޓިފައިވާކަމަށް އިސްލާމިކް މިނިސްޓްރީގެ ވަގުތީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ އެހެން އަހަރު ތަކާބަލާއިރު މަދު 15,000 ވަރަކަށްމީހުން މަދު އަދަދެކެވެ. 2018 ވަނަ އަހަރު ފަގީރުންގެ ގޮތުގައި މުޅި ރާއްޖެ އިން ރަޖިސްޓްރީކޮށްފައި ވަނީ 16،294 މީހުންނެވެ. 2017 ވަނަ އަހަރު ފަގީރުންގެ އަދަދަކީ 16،205 ކެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މިއަހަރު 5,644,118 ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. އަދި ފިތުރު ޒަކާތް ބެހުމުން ބޮލަކަށް ޖެހޭ އަދަދު އުޅެނީ ގާތްގަނޑަކަށް 5,000 ރުފިޔާގައިކަމަށެވެ. މިހެންކަމަށްވާަނަމަ ރާއްޖޭގެ ފަގީރުންގެ އަދަދަކީ ގާތްގަނޑަކަށް 1,288 އެވެ.

"މާލޭގެ ފަގީރުންގެ ޢަދަދު ގާތްގަނޑަކަށް 1,000. އާދީއްތަ ދުވަހު ޒަކާތުގެ ހުރިހާ ތަފްސީލު އާންމުކު އާންމުކުރެވޭނެކަމަށް މިބަލަނީ"

މާލެއިން މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި 3،299 މީހުން ރެޖިސްޓާކުރިއެވެ. އަދި 2017 ވަނަ އަހަރު މާލޭގައި ފަގީރުންގެ ޢަދަދަކީ 3,142 ކެވެ.
މިހެންކަމުން މާލެއިން ވެސް ރެޖިސްޓާ ކުރި ފަގީރުންގެ ޢަދަދު މިވަނީ މިއަހަރު ދަށްވެފައެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވަނީ ވަގުތީ ތަފާސް ހިސާބު ތަކެއް ކަމުން ޢަދަދު ތައް ބަދަލުވުންވެސް އެކަށީގެންވެއެވެ.

ފަގީރުންގެ ޢަދަދު މަދުވެ ޒަކާތްދެއްކި ޢަދަދު އިތުރުވުމުން ބޮލަކަށް ޖެހޭ ފައިސާގެ އަދަދު ވެސް މިއަހަރު އިތުރެވެ. މިގޮތުން 2018 ވަނަ އަހަރު ބޮލަކަށް ޖެހުނީ 1,300 ރުފިޔާއެވެ. މިއަހަރު ބޮލަކަށް ޖެހޭ އަދަދު ގާތްގަނޑަކަށް 4,700 ރުފިޔާއިތުރެވެ.

ކިޔުންތެރިންގެ ހިޔާލު