މަޖިލީހުގެ ނައިބުރައީސަކީ އީވާ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ، މަޖިލީހުގެ ނައިބު ރައީސަކަށް އިންތިޚާބުކޮށްފިއެވެ.

މިރޭ ބޭއްވި 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބުރައީސަކު ހޮވުމުގެ ޖަލްސާގައި އީވާ ޢަބްދުﷲ މިމަޤާމަށް އިންތިޚާބުކުރީ ޖަލްސާއަށް ޙާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެތެރެއިން ... ވޯޓާއެކުއެވެ. ސިއްރު ވޯޓެއްގެގޮތުގައި ކުރިއަށްގެންދިޔަ މިވޯޓުގައި އީވާއާއެކު ދެން އެހެން ބޭފުޅަކު ވާދައެއް ނުކުރައްވައެވެ.

އީވާގެ ނަން މަޖިލީހުގެ ނައިބުރައީސް ކަމަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމެވެ. މި ހުށަހެޅުމަށް ތާޢީދުކުރެއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމެވެ.

އީވާއަކީ މިމަޤާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފައިވާ ނަންވެސް މެއެވެ.

މިމަޤާމާއެކު އީވާ ވެގެން މިދަނީ ރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުގެ ނައިބުރައީސްކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާއަށެވެ. މަޖިލީހުގެ އެންމެފުރަތަމަ ނައިބުރައީސަކީ އަނީސާ އަޙްމަދެވެ.

ކިޔުންތެރިންގެ ހިޔާލު