ރައްޔިތުންގެ މަޖިލިސް އައު ދައުރަކަށް ހުވައިކޮށްފި

19ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އައު މަޖިލީހުގެ އެއް މެމްބަރަކު ފިޔަވައި އެހެން ހުރިހާ މެމްބަރުންވަނީ މިރޭ ހުވައި ކުރައްވާފައެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 86 މެމްބަރުންނެވެ. މިރޭ ހުވައި ނުކުރައްވަނީ ކ.ގުރައިދޫގެ މެމްބަރު އިބްރާހިމް ރިޒާއެވެ. އޭނާ މިވަގުތު އުމުރާގެ އަޅުކަމުގައި ސަޢުދީ ޢަރަބިއްޔާގައި ހުންނެވުމާއެކު އޭނާއަށް މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ރިޒާގެ ހުވައިކުރުމުގެ އިންތިޒާމުތައް މަޖިލީހުން ފަހުން ހަމަޖައްސަވާނެކަމަށް މިރޭ އަމީން ޢާއްމު އިޢުލާންކުރެއްވިއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވަނީ  ޖުމްލަ 87 މެމްބަރުންގެމައްޗަށެވެ. އެއީ އެމްޑީޕީގެ  65 މެމްބަރުންނާއި  ޕީޕީއެމްގެ 5 މެމްބަރުންނައި ޕީއެންސީގެ 3 މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ 5 މެމްބަރުންނާއި އެމްޑީއޭގެ 2 މެމްބަރުންނާއި  މިނިވަން 7 މެމްބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު