އަޒަރުބައިޖާނާއި ނޭޕާލްގެ ޖުމްހޫރީދުވަހުގެ މުނާސަބަތުގައި އެދެޤައުމަށް ފޮރިން މިނިސްޓަރ ޝާހިދު، ތަހުނިޔާ ފޮނުއްވައިފި

ރިޕަބްލިކް އޮފް އަޒަރުބައިޖާންގެ މިނިވަންދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އަޒަރުބައިޖާންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ އެލްމަރ މަހައްރަމް އޮގްލޫ މައްމަދްޔަރޮވް އަށް މެސެޖެއް ފޮނުއްވައިފިއެވެ.

ފޮރިން މިނިސްޓަރ ފޮނުއްވި މެސެޖުގައި އަޒަރުބައިޖާންގެ ސަރުކާރާއި އަޒަރުބައިޖާންގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައި، ދިވެހިރާއްޖެއާ އަޒަރުބައިޖާންއާއި ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން މުސްތަޤުބަލުގައި އިތުރަށް ބަދަހިވާނޭކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.

މީގެއިތުރުން ފެޑެރަލް ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ނޭޕާލްގެ 11 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، ނޭޕާލްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ ޕްރަދީޕް ކުމާރް ގްޔަވާލީ އަށްެ ތަހުނިޔާ އަރިސްކުރައްވައި، މެސެޖެއް ފޮނުއްވާފައިވެއެވެ.

ފޮރިން މިނިސްޓަރ ފޮނުއްވި މެސެޖުގައި ނޭޕާލް ސަރުކާރާއި، އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައި، ދިވެހިރާއްޖެއާއި ނޭޕާލް އާއި ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން މުސްތަޤުބަލުގައި އިތުރަށް ބަދަހިވާނޭކަމުގެ އުންމީދު ފައުޅު ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު