ފަހު ދިހައެއްގެ ދަރުމައާއި ލިބިގަތުމަށް އަވަސްވެގަންނަމާ - ޚުޠުބާ

ރަމަޟާންމަހުގެ "ފަހު ދިހައެއްގެ ދަރުމައާއި ލިބިގަތުމަށް އަވަސްވެގަތުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

އަޅުގަނޑުމެން ވޭތިކުރަމުން މިގެންދަނީ ބަރަކާތާއި މަޣްފިރަތުން ފުރިގެންވާ ރަމަޟާންމަހުގެ މާތް ރޭތަކާއި ދުވަސްތައް ކަން ފާހަގަކުރައްވައި ޚުޠުބާގައި ވިދާޅުވެފައިވަނީ މި މާތް މައްސަރުގެ ކޮންމެ ރެއެއްގައި ވެސް ﷲ هلل އެއިލާހުގެ އަޅުތަކުންގެ ތެރެއިން ބަޔަކު ނަރަކައިން މިންޖުކުރައްވާނެ ކަމުގައި ރިވާވެގެންވާކަމަށެވެ.

އެހެންކަމުން، މި ބަރަކާތުން ފުރިގެންވާ ދުވަސްތަކާއި ރޭތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް ސުވަރުގެ ލިބިގަތުމަށް ވާދަކުރުމަށް ޚިޠުބާގައި ގޮވަލައްވާފައިވެއެވެ.

ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި އަޅުކަމާއިގެން މަޝްއޫލުވެ ވުމަށް ޚިޠުބާގައިވަނީ ގޮވާލައްވާފައެވެ. އެގޮތުން އެބައެއްގެ ޙާލަތާއި ޞިއްޙަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް މިރޭތަކުގައި އަޅުކަމުގައި ހޭދަކުރުމަށާއި، މިރަމަޟާންމަސް އައުމުގެ ކުރިން މިދުނިޔެއާ އަލްވަދާޢުކީ މީހުންގެ ތެރޭގައި ނުހިމެނި ހެޔޮ ޞިއްޙަތާއި ޢާފިޔަތުގައި މިމައްސަރާ ބައްދަލުވުމަކީ ކުޑަ ކަމެއް ނޫންކަން ފާހަގަކުރައްވާފައިވެއެވެ. ވީމާ އެކަމަށް ޝުކުރުވެރިވާ ޙާލު މިމައްސަރުގައި ކުރާ ހެޔޮއަމަލުގެ ސަބަބުން ސުވަރުގެ ލިބޭ މީހުންގެ ތެރެއިން ވުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު