ފޭރިގެންފައިވާ ބިންތަކުގައި ބިނާކުރި ގެތައް އަނދާހުލިވަނީ

ހައްދުފަހަނައަޅާފއިވާ ޔަހޫދީ ދައުލަތް އިސްލާއީލުން ފޭރިގެންފައިވާ ފަލަސްޠީނުގެ ބިންތަކުގައި އެމީހުން ޔަހޫދީންނަށް ބިނާކޮށްފައިވާ ގިނަ ޢަދެއްގެ ގެތައް އަނދާހުލިވެ އިތުރު ގެތަކާ ދިމާއަށް އަލިފާން ގަނޑު ދަތުރުކަން ފަށައިފިއެވެ.

ހޫނުގަދަވުމުގެ ސަބަބުން ޤުދުރަތީގޮތުން ރޯވި މިއަލިފާންކަނޑު ކޮންޓްރޯލް ނުވެ ފެތުރެމުންދާއިރު، އިސްރާއީލުގެ ދައުލަތުގެ ވެރިންވަނީ ކަންބޮޑުވުން ފާޅުކޮށް ބޭރުގެ އެހީތެރިކަމަށްވެސް އެދިފައެވެ. މިއަލިފާން ގަނޑުގައި އަނދާފައިވާ ގެތަކުގެ ތެރޭގައި އިސްލާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންޔަކުގައި ހުރި ގެތަކާއި އިމާތްތައް ގިނަކަން ފާޖހަގަކޮށްލެވެއެވެ.

އިއްޔެގެ ވަގުތެއްގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވެ ފެތުރެމުންދާތީ އިސްރާއީލުގެ 6 އަވަށަކުންވަނީ މީހުން ހުސްކޮށް ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.  އިސްރާއީލުގެ ސަރަޙައްދުގެ ފިނުހޫނުމިންޗަނީ 48 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައެވެ. އަވަސް މުއްދަތެއްގައި ހޫނުމިން ދަށްވާނެކަމަށްވެސް މޫސުމާބެހޭ އިދާރާތަކުން ލަފައެއް ނުކުރެއެވެ.

އިސްރާއީލަކީ ފަލަސްޠީނުގެ ބިންތައް ފޭރިގަނެގެން އުފައްދާފައިވާ ޔަހޫދީ ދައުލަތެކެވެ. އެދައުލަތް އުފެއްދިފަހުން މިހާތަނަށް އައި ކޮންމެ ދުވަހަކުވެސް ފަލަސްޠީނުގެ މުސްލިމުންނަށް އަނިޔާވެރިވުމާއި، ހައްޤަކާ ނުލައި މުސްލިމުން މެރުމައި، މުސްލިމުންގެ ގެދޮރު ސުންނާފަތިކޮށް ބިންތައް ފޭރުމުގެ ޢަމަލުތައް އިސްރާއީލުގެ ސިފައިން ދަނީ ހިންގަމުންނެވެ.

އެންމެފަހުން މިރަމަޟާންމަހުވެސް ފަލަސްޠީނުގެ މުސްލިމުންނަށް ޙަމަލާދީ 25 މުސްލިމަކު ޝަހީދުކޮށްލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު