މިއަދު ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ! ސަމާލުވޭ!

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް ތިން ދުވަހުވެސް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށާ، ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން ވިދާޅުވީ  ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއިއެކު މިއަދުގެ ވަގުތުތަކުގައި ބޯކޮށްވާރޭ ވެހެނޭ ކަމަށް ލަފާކުރެވޭކަމަށާ، އުތުރުގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެނިހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ލަފާކުރެވޭކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނުގައި ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެއިދާރާއިން ލަފާކުރައްވައެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު