ދޯންޏެއްގެ ބުރަފަތި ނެއްޓިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްްދީފި

ދޯންޏެއްގެ ބުރަފަތި ނެއްޓިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން މިއަދު އެހީތެރިކަން ފޯރުކޮށްްދީފިއެވެ.

"ލިޓަސް ކެރިޔަރ 1" ނަމަކަށް ކިޔާ މި ދޯނީގެ ބުރަފަތި ނެއްޓިފައިވަނީ ރޭ ދަންވަރު 2:31 ހާއިރު މާލެ ސިޓީ ޓީ ޖެޓީ ސަރަހައްދަށް ވަނުމަށް ދަތުރުކުރަމުންދަނިކޮށެވެ.

އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވިންގ ޓީމުން ވަނީ މިއަދު ހަވީރު މި ދޯނީގެ ބުރަފަތި ނެއްޓުނު ސަރަހައްދަށް ފީނައި ދޯނީގެ ބުރަފަތި ހޯދާފައެވެ. އަދި މި ދޯނީގެ ބުރަފަތި މިހާރުވަނީ އެއްގަމަށް އަރުވާފައެވެ. މި ދޯނީގެ ބުރަފަތި ނެއްޓިފައިވަނީ ޓެކްނިކަލް މައްސަލައެއް މެދުވެރިވެގެންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު