ސްރީ ލަންކާއިން ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފި

ސްރީ ލަންކާއިން ދޫކޮށްލި ދެދިވެހިން (ވ)

މިދިޔަމަހުގެ 21 ވަނަ ދުވަހު ސްރީ ލަންކާގައި ދިން ޓެރަރިސްޓު ހަަމަލާތަކަށް ފަހު އެ ޤައުމުގެ  ސަލާމަތީ ބާރުތަކުން ހިންގި ޚާއްސަ އޮޕރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެތެރޭގައި ހިމެނުނު ދެ ދިވެހިން ދޫކޮށްލައިފިއެވެ.

ސްރީ ލަންކާގެ ސަލަމަތީ ބާރުތަކުން  ހިންގި އޮޕރޭޝަންތަކުގައި ދިވެހިންގެ 8 މީހަކު ހައްޔަރުކުރިއެވެ. އެހެންނަމަވެސް މާގިނަ އިރުތަކެއްނުވެ ދެ މީހަކު ފިޔަވާ އެހެން އެންމެން ވަނީ ދޫކޮށްލާފައެވެ.

ދޫކޮށްނުލައި އެންމެފަހުން ތިބި ދެމީހުންނަކީ އާދަމް މުހައްމަދު މަނިކާއި ހަސަން މަނިކެވެ. މި ދެމީހުން މިހާރު ވަނީ ބަންދުން ދޫކޮށްލާފައެއެވެ. މިމީހުންގެ ބަންދުގެ މުއްދަތު  ތިން ފަހަރެއްގެ މަތިން އިތުރުކުރިއެވެ. އެހެންނަމަވެސް މިހާތަނަށް މި މީހުންގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެ ނުވެއެވެ.

އާދަމް މުހައްމަދު މަނިކު ދޫކޮށްލުމާއެކު މިހާރު އެއްވެސް ދިވެއްސަކު ސްރީލަންކާގައި ހައްޔަރުކޮށްފައޮ ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު