މާމިގިލީގައި ފަޔަރ ލޮރީއަކުން ޖެހި 4 މީހަކަށް ހާނީއްކަވެ އެކަކު މަރުވެއްޖެ

އދ.މާމިގިލީ އެއަރޕޯޓްގައި ފަޔަރ ލޮރީ ކޮންޓްރޯލް ނުވެގެން ހިނގި އެކްސިޑެންޓްގައި ހަތަރުމީހަކަށް އެކިވަރުގެ ހާނީއްކަވެ އެކަކު މަރުވެއްޖެއެވެ.

މަރުވީ ޢުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ ބޯފަޅައިގެން ދިއުމުގެ ސަބަބުން އދ.މަހިބަދޫއަށް ގެންގޮސް އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ހާނީއްކަވި މީހުންގެތެރެއިން 2 މީހެއްގެ  ފައި ބިންދައިގެންގޮސްފައިވެއެވެ. އަދި އެކަކުގެ ކަކުލަށް ހާނީއްކަވެފައިވެއެވެ.

މި ހާދިސާގައި ހާނީއްކަވި 3 މީހަކު ފަރުވާ ދިނުމަށްޓަކައި މާލެ ފޮނުވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު