150 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފި

ގދ.ފަޅުރަށެއްގައި ވަޅުލާފައި ހުރި 150 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުން ހާމަކުރެއްވިގޮތުގައި މި 150 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެއެވެ. މިމަސްތުވާތަކެތި ފެނިފައިވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑާއި ޑްރަގް އިންޓެލިޖެންސް ޔުނިޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.

150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންކަން ފުލުހުން ހާމަކޮށްފައިވަނީ، ފުލުހުންގެ 56 ވަނަ އަހަރީ ދުވަހާ ގުޅިގެން ގދ. ތިނަދޫގައި ބޭއްވި ޑިނަރ ނައިޓެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން 5 މީހަކު ހައްޔަރުކޮށްފައިވާކަމަށާ އިތުރު ތަފްސީލް ފަހުން ހާމަކުރައްވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު