ސްރީލަންކާގައި މޫނުބުރުގާ އެޅުން މަނާކޮށްފި

މާދަމާއިން ފެށިގެން ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާކޮށްފިއެވެ.

މިގޮތަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. މިދިޔަ އާދީއްތަ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެޤައުމުގެ ސަލާމަތީ ބާރުތަކުން އަންނަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަނުގައި އަޅަމުންދާ އެކިފިޔަވަޅުތަކުގެ ތެރެއިން މިފިޔަވަޅު އެޅީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިވަގުތު އަޅަންޖެހޭ ފޮޔަވަޅަކަށް ވާތީކަމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކާކުކަން ނޭންގޭ ގޮތަށް މޫނު ނިވާކޮށްގެން އުޅުން ނުވަތަ މޫނު ބުރުގާ އަޅައިގެން އުޅުން މަނާކުރީ އެޤައުމުގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއޭޓުން އެގޮތަށް އެންގުމާގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު