ވައްކަން ކޮށްގެން ފިލަން އުޅުނު ދެމީހަކު އަތުލައިގެންފި

ވައްކަންކަންކޮށްގެން ފިލަން އުޅުނު ދެމީހަކު މިރޭ އަތުލައިގެންފައިވާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
މިރޭ އަތުލައިގަތް ދެމީހުންގެތެރެއިން ފުރަތަމަ މީހާއަކީ މިރޭ 21:40 ހާއިރު ހިލާލީގެ ކައިރިން ހިންގާފައިދިޔަ މީހެއްގެ ޢަމަލުތައް ހުރިގޮތުން ފުލުހުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސާމާނުތަކެއް އޭނާގެ އަތުން ފެނިހެން ހުއްޓުވި މީހެކެވެ.
ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި މިމަސައްލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޢުމުރުން 29 އަހަރައުގެ ދިވެހި ފިރިހެނެކެވެ. މި މަސައްލަ ފުލުހުން ދަނީ މިހާރު ތަޙުޤީޤު ކުރައްވަމުން ކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ.


މީގެއިތުރުން މިރޭ 21:13 ހާއިރު މަޖީދީމަގު ވެލިގާ ހާޑުވެއާ ފިހާރައިން ވައްކަންކުރި މީހަކު ހިފަހައްޓާފައި ވާކަމަށް ފުލުހުންނަށް ރިޕޯޓުކުރުމާއެކު އެސަރަޙަށްދަށް ފުލުހުންގޮސް އެމީހާ ވަނީ ހައްޔަރުކޮށްފައެވެ.
މި މަސައްލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ޢުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މަސައްލަވެސް ފުލުހުން ދަނީ ތަހުޤީޤުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު