ދިވެހިންގެ 6 މީހަކު ސްރީ ލަންކާއިން ހައްޔަރުކޮށްފި

އާދީއްތަދުވަހު ސްރީލަންކާގައި ދިން ޙަމަލާއާ ގުޅިގެން ހިންގާ އޮޕަރޭޝަނުގައި 6 ދިވެއްސަކު ސްރީލަންކާއިން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވާ 6 ދިވެހިންގެތެރެއިން އެކަކު ހައްޔަރުކުރީ އޭނާއުޅޭ ގެއިން އައިއެސް ޖަމާޢަތާގުޅޭ ފޮތެއް ފެނިގެންނެވެ. އެފޮތަކީ އެގޭގައި ކިޔަވަން ތިބޭ ދަރިވަރުންގެ ބަޔަކު ގެންގުޅުނު ފޮތެެއްކަމަށް މަޢުލޫމާތުލިބެއެވެ.

ދެންތިބި މީހުންގެތެރެއިން 4 ދިވެހިން ހައްޔަރުކޮށްފައިވަނީ އެއަރ ރައިފަލްތަކެއް ގަތް މައްސަލާގައެވެ. އެމީހުންނަށް އެ ބަޑިތައް ވިއްކާފައިވަނީ ސައްޙަނޫން ލައިސެންސަކާއިއެކުއެވެ. އަނެއްމީހާ ހަޔަރުކުރީ ކޮންތާކުންކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު