ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާގެ ރައީސަށާއި ބޮޑުވަޒީރަށް ތައުޒިޔާ ވިދާޅުވެއްޖެ

މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ އަށާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ފޯނުން ގުޅުއްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި، އެ ހާދިސާތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންގެ ނަމުގައާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިޚްލާޞްތެރި ތައުޒިޔާ ވިދާޅުވެފައެވެ. އަދި، ސްރީލަންކާގެ މިހާރުގެ ހާލަތު އޮޅުންފިލުއްވައި، ރާއްޖެއިން އަބަދުވެސް ސްރީލަންކާގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު