ނިހާން ޕީޕީއެމުން ވަކިވެ ޕީއެންސީއަށް ސޮއެކުރައްވައިފި

މިދޔަ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެގޮތުގައި ހުންނެވި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ޕީޕީއެމްއިން ވަކިވެވަޑައިގެން މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

ރައީސް ޔާމީންގެ އިސްވެހުންނަވައި އުފަައްދާފައިވާ ޕީއެންސީއަށް ނިހާން ސޮއި ކުރައްވާފައިވާއިރު ރައީސް ޔާމީން އަދިވެސް ހުންނެވީ ޕީޕީއެމްގެ ރައީސްގެގޮތުގއެވެ.

19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ނިހާންވަނީ ޕީޕީއެމްގެ ލީޑާޝިޕް ފެއިލްވެފައިވާ ކަމަށްވިދާޅުވެ އައު ލީޑާޝިޕެއްގެ ދަށުން ޕާޓީ އަލުން ތެދުވަންޖެހިފައިވާކަމަށް ވިޑާޅުވެފައެވެ.

ނިހާން ޕީއެންސީއަށް ސޮއި ކުރައްވާފައި މިވަނީ އަންނަ ހުކުރު ދުވަހު އެ ޕާޓީގެ ކޮންގްރެސް ބާއްވަ ން ކަނޑައަޅާފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު