ލަންކާގެ ބޮމުގެ ހަމަލާގައި 185 މަރު

އަވަށްޓެރި ސްރީ ލަންކާގެ ކްރިސްޓިއަނުން އެމީހުންގެ ދީނީ ރަސްމިއްޔާތެއްކަމަށްވާ "އީސްޓަ ސަންޑޭ" ފާހަގަކުރަމުން ދަނިކޮށް ދެ ފައްޅިއެއްގަ އާއި ކޮލަމްބޯގެ އެކި ތަންތަނުގައި ބޮން ގޮއްވާލައިގެން ދިން ހަމަލާގައި މަރުވި މީހުންގެ ޢަދަދު 185 އަށް އަރައިފިއެވެ.

މިހަމަލާ ދިނީ ކޮން ބައެއްކަން އަދި ހޯދިފައި ނުވެއެވެ. އަދި އެއްވެސް ބަޔަކު މިޙަމަލާގެ ޒިނަމާ އުފުލާފައެއްވެސް ނުވެއެވެ.

ސްރީ ލަންކާގައި މިފަދަ ޙަމަލާއެއްގައި މީގެކުރިުން އެއް ފަހަރާ އެންމެ ގިނަ ބަޔަކު މަރުވި 1996 ވަނަ އަހަރުގެ ޖެނުއަަރީ މަހުގެ 31 ވަނަދުވަހުއެވެ. އެއީ ކޮލަމްބޯ ސެންޓްރަލް ބޭންކަށް އަމާޒުކޮށް ދިން ހަމަލާއެކެވެ. އެފަހަރުގެ ހަމަލާގައި ޖުމްލަ 91 މީހުން މަރުވެ 1،400 އަށް ވުރެ ގިނަ މީހުން ޒަހަމްވިއެވެ. އެއީ ސްރީލަންކާގެ ސަރުކާރާދެކޮޅަށް އެޤައުމުގެ ޖަފްނާގައި ވަކިވެގަތުމަށް ހަނގުރާމަކުރަމުންދިޔަ ތަމަޅަ ޓައިގަރުންގެ ޙަމަލާއެކެވެ.

ކިޔުންތެރިންގެ ހިޔާލު