ރައީސް ޔާމީން މިނިވަން ކުރަން ހައިކޯޓުން އަމުުރުކޮށްފި

މަނީ ލޯންޑްރިންގެ މައްސަލައެއްގެ ތުހުމަތުގައި އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަންކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ރައީސް ޔާމީނާ ދެކޮޅަށް ދެމައްސަލައެއްގެ ދަޢުވާ ހުށަހަޅާފައިވެއެވެ. އެއީ އެމްއެމްޕީއާރުސީއާގުޅޭ ޚިޔާނާތުގެ މައްސަލައާއި މަނީލޯންޑްރިންގެ މައްސަލައެވެ. މިމައްސަލާގައި ކްރިމިނަލް ކޯޓުންވަނީ ޝަރީޢަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް ނިންމާފައެވެ.

ކްރިމިނަލް ކޯޓުގެ މިނިންމުން އިސްތިއުނާފް ކުރުމަށް ހުށަހެޅި ހުށަހެޅުމާގުޅިގެން މިއަދު ހައިކޯޓުގައި ބޭއްވޮ ޝަރިއަތުގެ އަޑުއެހުމުގައި ހައިކޯޓުން ނިންމާފައިވަނީ އެމައްސަލާގައި ޔާމީން ބަންދުކޮށްފައި ބެހެއްޓޭނީ ގިނަވެގެން 30 ދުވަހަށް ކަމަށާއި އެމުއްދަތު މިމަހުގެ 18ވަނަ ދުވަހު ހަމަވެފައިވާ ކަމަށެވެ. ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލާފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ.

ރައިސް ޔާމީންގެ ބަންދުގެ އަމުރު ބާޠިލްކޮށް ކްރިމިނަކްކޯޓުން ކުރިޙުކުމުގައި ފާހަގަކުރައްވާފައިވާގޮތުގައި ރައީސް ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލްކޯޓުން އަމުރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޢާނޫނުގެ 60ވަނަ މާއްދާގެ (ށ)ގެ 1 ވަނަ ނަންބަރާއި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ 13ވަނަ މާއްދާގެ (ހ)ގެ 2ވަނަ ނަންބަރަށް ރިއާޔަތްކޮށްފައިވާކަމަށެވެ. އަދި އެމާއްދާތަކުގެ ދަށުން މީހަކު ބަންދުގައި ބެހެއްޓޭނެ އެންމެދިގު މުއްދަތަކީ 30 ދުވަސް ކަމަށާ މިމަހުގެ 18ވަނަ ދުވަހުގެ މެންދުރު ފަހު 3:54އަށް އެ މުއްދަތު ހަމަވެފައިވާ ކަމަށްވެސް ހައިކޯޓުގެ ހުކުމުގައިވެއެވެ.

އެހެންކަމުން ރައީސް ޔާމީން އިތުރަށް ބަންދުގައި ބެހެއްޓޭނެ އެއްވެސް ސަބަބެއް ނެތުމާއެކު އެމަނިކުފާނު މިނިވަންކުރަން ހައިކޯޓުންވަނީ އަމުރުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު