ޤާސިމްގެ ޝިޢާރަކީ "ދިވެހިންގެ ބިން ދިވެހިންނަށް"

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް ޤާސިމް އިބްރާހީމްގެ ޝިޢާރަކީ "ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރުކަމަށް އޭނާ ޢިއުލާންކުރައްވައިފިއެވެ.

މިކަން ޢިއުލާން ކުރެއްވުމަށްފަހު މިޝިޢާރުގެ ދަށުން ކެމްޕެއިން ކުރެއްވުމަށް ޤާސިމްވަނީ އޭނާގެ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް އަންގަވާފައެވެ. ޤާސިމް މިކަން ހާމަކުރެއްވީ އޭނާގެ އުފަންރަށް އދ.މާމިގިލީގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ. މިޖަލްސާގައިވަނީ ކެމްޕެއިން ލަވައެއްވެސް ލޯންޗުކޮށްފައެވެ. ޤާސިމްގެ ކެމްޕެއިން ލަވައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ މަޝްހޫރު ޤައުމީލަވަ "ދިވެހި ބިން މިއީ އުފަން މަގޭ ބިން" އެވެ.

މިޖަލްސާގައި ނައިބުރައީސް ފައިސަލް ނަސީމާއި ކުރީގެ ދެ ނައިބު ރައީސުންކަމަށްވާ ޢަބްދުﷲ ޖިހާދާއި ޑރ.މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު