ރައީސް ވަހީދު އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާއަށް ކުއްލި ޒިއާރަތެއް ކުރައްވައިފި

ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ސިފައިންގެ ސެންޓްރަލް އޭރިއާއަށް ކުއްލި ޒިއާރަތެއް ކުރައްވައިފި ކަމަށް ޓައިމްސްއަށް މައުލޫމާތު ލިބިއްޖެ އެވެ.

އެމްއެންޑީއެފްގެ އޮފިޝަލް ޓްވިޓަރ އެކައުންޓުގައިވެސް މިކަންވަނީ ކަށަވަރު ކޮށްދީފަ އެވެ.

 

ރައީސް ވަހީދު އެމްއެންޑީއެފަށް ކުއްލި ޒިއާރަތެއް ކުރައްވާފައިވަނީ، ކީއްވެކަމެއް އެމްއެންޑީއެފުން ސާފުކޮށްދީފައެއް ނުވެ އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ޤައުމީ ދުވަހުގެ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅެއްގައި، މިއަދު ހަވީރު ފުރާވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ވަހީދު އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާއަށް ކުއްލި ޒިއާރަތެއް ކުރައްވާފައިވާ މި ދަނޑިވަޅަކީ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ކޯނީގެ ރިޕޯޓު ދިރާސާ ކުރުމުގެ ގޮތުން، އެ މަޖިލީހަށް ސިފައިންނާ ފުލުހުންގެ ކުރީގެ އިސްވެރިން ހާޒިރުކޮށް ސުވާލުކުރަމުންދާ ދަނޑިވަޅެއްކަން ފާހަގަ ކޮށްލެވެ. އަދި އެ ކޮމިޓީން ވަނީ ރައީސް ވަހީދު ގާނޫނު އަސާސީ އާއި ހިލާފުވެފައިވާކަމަށްވެސް ފާސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

  1. އާރިފް

    ތީ ވަރައް ގޮ ތެއް ނެތް އަމިއްލަ އެދުން އިސް ކޮއްގެން އުލޭ ގަދަބާރުން ވެރިޔަކަށް ހެދިގެންއުލޭ ރައްޔަތުންނަށް ހަރާން ކޯރު މީހެއް…

  2. ބަޣާވާތަށް ދެކޮޅު ރައްޔިތެއް

    ހަގީގަތުގަވެސް މުގާބެއަށްވުރެންވެސް ވަހީދު ހަސަނިކުގެ ލަދުހަޔާތް ކުޑަ އަދި އޭނާގެ ހުދުމުހުތާރުކަން އިންތިހާއަށް! މިކަލޭގެ ވެރިކަމުން ދުރުކުރުވުމަކީ ދީނީ ގޮތުން ލާޒިމު ކަމެއް އަދި ގައުމަށްޓަކައި ވައްޑެގެ ނަންވެސް ފުހެލަން އެބަޖެހޭއެވެ.

  3. ދުނިޔޭގައި ހުރި އެންމެ ހުދުމުހުތާރު ވެރިޔާ އަދި އެންމެ ލަދު ހަޔާތްކުޑަ ރައީސް