އަބްދުﷲ ޤާސިމް މަރުވީ ފުލުހުންގެ އިހުމާލުންކަން ގަބޫލު ނުކުރައްވާ ކަމަށް ކޮމިޝަނަރ ވިދާޅުވެއްޖެ

ފުލުހަކު މުގުރަކުން ޖެހި މައްސަލާގައި އަބްދުﷲ ޤާސިމް މަރުވެފައި ވަނީ ފުލުހުންގެ އިހުމާލުންކަން ޤަބޫލު ނުކުރައްވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

މިހާރު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރެވެމުންދާ އަބްދުﷲ ރިޔާޒު ވިދާޅުވީ އެ އެކްސިޑެންޓުގައި ފުލުސް މީހާ މުގުރު ބޭނުންކޮށްފައިވަނީ ޤަވާއިދާ އެއްގޮތަށް ކަމަށެވެ.

2012 އޮގަސްޓް 17 ވަނަދުވަހުގެ ވަގުތެއްގައި ސަނދުބަރަކާގޯޅީގައި ހުންނަ ހ. ޓްވައިލެޓްރިވަރީގޭ ކުރިމަތީގައި ޕާރކުކޮށްފައި ހުރި ސައިކަލެއް ވަގަށް ނެގުމަށްފަހު މިސައިކަލުގައި މީނާއާއި އިތުރު މީހަކު ބާރު ސްޕީޑުގައި ދުއްވާފައި ގޮސް، ކުރީގެ ބޮންޑްސްޓްރީޓް ފިހާރަ ކައިރީގައި މަޑުކޮށްގެން ހުރި ބިދޭސީއެއްގެ އަތުން ނޮކިޔާ ބްރޭންޑްގެ މޮބައިލް ފޯނެށް ފޭރިގަތުމަށްފަހު، ފިލަން މަސައްކަތް ކުރަނިކޮށް މިމަންޒަރު ފެނުނު ފުލުހުން މަޑުކުރަން ބުނުމުން މަޑުނުކޮށް ސައިކަލުގައި ދުއްވާފައި ގޮސް އޯކިޑްމަގު ޖަސްޓިސް ބިލްޑިންގް ކުރިމަތިން އެމީހުން ހުއްޓުވަން ފުލުހުން މަސައްކަތްކުރުމުންވެސް މަޑުނުކޮށްގޮސް ޖަސްޓިސް ބިލްޑިންގ ކައިރީގައި މަޑުކޮށްގެން އިންސައިކަލެއްގައި ޖެހި އެކްސިޑެންޓްވެ އެސައިކަލުގައި އިން އަބްދުﷲ ޤާސިމް ވަނީ މަރުވެފައެވެ.

ކޮމެޓީ ބައްދަލުވުން ކުރިޔަށް ދަނީ:- ފޮޓޯ: އަލީ ޝާމިން

ކޮމެޓީ ބައްދަލުވުން ކުރިޔަށް ދަނީ:- ފޮޓޯ: އަލީ ޝާމިން

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ފުލުހަކީ ޕޮލިސް ކޮންސްޓަބަލް މޫސާ ޝާމިދު ނަމަކަށް ކިޔާ ފުލުހެއް ކަމަށާއި ސައިކަލް ހުއްޓުވަށް އޭނާ މަސައްކަތް ކުރި އިރު  ފަހަތުގައި މީހަކު ސައިކަލެއްގައިހުރި ކަމެއް އޭނާއަށް ނޭނގޭނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އަދި މުގުރު ބޭނުން ކުރުމުގެ އިހުތިޔާރާއި ތަމްރީނު ޝާމިދަށް ލިބިގެންވޭތޯ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ސުވާލު ކުރެއްވުމުން ރިޔާޒް ވިދާޅުވީ މުގުރުން ޖެހި ފުލުސް މީހާއަކީ މުގުރު ބޭނުން ކުރުމުގެ ތަމްރީނާއި ތަޖުރިބާ ހޯދާފައިވާ ފުލުހެއް ކަމަށެވެ.

 

 

މުގުރު ގެންގުޅުމާއި ބޭނުން ކުރުމުގެ ޤަވާއިދު:-

ކިޔުންތެރިންގެ ހިޔާލު