“ހުއްޓުވޭނެ – ހުއްޓުވާނަން” ނަމުގައި ޖިންސީ އަނިޔާއާ ދެކޮޅަށް ޒުވާނުން ނިކުންނަނީ

“ހުއްޓުވޭނެ – ހުއްޓުވާނަން” ނަމުގައި ޖިންސީ އަނިޔާއާ ދެކޮޅަށް ޒުވާނުންގެ ބަޔަކު އިސްނަގައިގެން މިމަހު 18 ވަނަ ދުވަހު ސުލްހަވެރި ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

ރާއްޖޭގައި ފަހަކަށް އައިސް ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުން ކުޑަކުދިންނަށް ކުރެވޭ އަނިޔާތަކާއި، ޖިންސީ ފުރައްސާރަ ކުރުމާއި ރޭޕް ކުރުމާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުން ތަކެއް އިސްނަގައިގެން އިންތިޒާމް ކުރާ މި އިހްތިޖާޖުގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ތަފާތު އެންޖީއޯ ތައްވެސް ބައިވެރި ވާނެ ކަމަށް މި އިވެންޓް އިންތިޒާމް ކުރާ ފަރާތުން އެވީ ޓައިމްސްއަށް މައުލޫމާތު ދީފައިވެއެވެ.

މިމަހު 18 ވާ ހުކުރު ދުވަހު ހަވީރު 3:30 ގައި ޒުވާނުންގެ މަރުކަޒު ކަރިން ފަށައިގެން އާޓިފިޝަލް ބީޗަށް ނިންމާލާ ގޮތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހިނގާލުމުގެ މައިގަނޑު މަޤުސަދަކީ ޖިންސީ އަނިޔާއާ ދެކޮޅަށް ކަމާ ބެހޭ ފަރާތްތަށް ޖަވާބު ދާރީ ކުރުވާ، މުޖުތަމަޢާއި އާއިލާތަކާއި ބެލެނިވެރިން މިކަމަށް ހޭލުންތެރިކުރުވުން ކަމަށްވެސް އެފަރާތުން ހާމަކޮށްފައިވެއެވެ.

މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ.

“ހުއްޓުވޭނެ – ހުއްޓުވާނަން” ފޭސްބުކް ޕޭޖް

ފަހުގެ