އަނބިކަނބަލުން ވަރި ނުކުރައްވާކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ

އެންމެ ފަހަރަކުވެސް އަނބިކަނބަލުން ވަރި ނުކުރައްވާކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.

އެންމެ ގިނަ ފަހަރު ތިން ފަށް ވެގެން ފަށް ކެނޑި ރިކޯޑް އޮތް ވެރިޔަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްކަމަށް މިރޭ ޓްވިޓާގައި މީހަކު ބުނުމާއި ގުޅިގެން ރައްދު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ "ތިއީ ބޮޑު ދޮގެއް އެންމެ ފަހަރަކުވެސް އަޅުގަނޑުގެ އަންހެނުން ވަރިއެއް ނުކުރަން" ކަމަށެވެ.

މީގެ އަހަރު ތަކެއް ކުރިން ރައީސް މައުމޫން އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ތިން ފަށް ވަރިޔަކުން ވަރިކުރި ކަމަށް ސިޔާސީ މައިދާނުގައި އުޅުއްވާ އެމަނިކުފާނުގެ ހަތުރުން އަޑު އަރުވާފައިވެއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

  1. ނުއްނު

    ޒަންޖަބީލް ދެން ޖޭ ވިޔަސް ތީ ބޮޑުވަރު. ކާކު ގަބޫލު ކުރާނެކަމަށް. ހަމަ ގައިމުވެސް މަށެއް ނުކުރާނަން.

  2. އަހުމަދު

    ނަސްރީނާ އޭރު ހާދަ ރީއްޗޭ ދޯ!!! :ޕ

  3. ހަސަން

    އެހެންވީމަ ނަސްރީނާ ޒާހިރު ހުސެއިން އާއި ފަތްކަނޑަން އިނީ މައުމޫނު ވަރިނުކުރަނީސް ދޯ؟ ނަސްރީނާ ގަދަ އެހެންވީމަ އެއްފަހަރާ ދެ މީހުންނާ ކައިވެނި ކުރީ ދޯ؟ މައުމޫނު އެންމެ ފަހުން އަނބިކަނބުލޭގެ ފަލީހަތް ކުރީ ދޯ؟

  4. މާކޫ

    ޒާހިރު ހުސޭނު ފަށޯ ފަށޯ ކެނޑ

  5. ދިރިހުއްޓާ ހޭހުއްޓާ

    އަނެއްކާ އަނެއް އިތުރުފުޅެއް ދެންބުނާނެ ދުވަސްކޮޅަކުން ތިމަންމަނިކްފާނު އޭރުގަ ވިދާޅުވީ އެދުވަހުގަ އަނބިކަނބަލުން ވަރިނުކުރަމޭ ރައްޔިތުންނަށް އަޅުގަނޑު ބުނި އެއްޗެއް ފަހުމްނުވިއްޔޭ

  6. ކާރު ޑްރައިވަރު

    މައުލޫމާތު ގޯސްނޫން ނަމަ މަނިކުފާނުގެ އަނބިކަނބަލުން ވަރިކުރުމަށްފަހު މަނިކުފާނު ވަނީ ކާރުކޮޅުގައި ނިދިކުރައްވާފައި. މިއީ ދޮގެއްތޯ؟

  7. ަލި ދިދި

    މައުމޫނު ތިބުނީ ތެދެއް ކަމަށްވާނަމަ ދޮގެއް ނޯންނެ. ސައިޚް ރަސީދު ލައްވާ ހުވާ ކުރުވަބަލަ. ކޮންމެވެސް އިނގިލި ޖައްސާލުމައްވުރެ ބޮޑުވަރު ނުކުރަން ނުބުނަންކަމަށް