ފިނޭ ކައުންސިލްގެ ރައީސާއި ރަސްމާދޫ ކައުންސިލަރަކު ޕީޕީއެމްއާ ގުޅިއްޖެ

ހދ.ފިނޭ ކައުންސިލްގެ ރައީސް ޝާހީން ރަޝީދު އާއި ރަސްމާދޫ ކައުންސިލަރު މުރުތަﷲ ރަޝީދު ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.

މިދެބޭފުޅުން ޕީޕީއެމްއަށް ސޮއިކުރުމަށް މިއަދު ބޭއްވި ހަފްލާގައި ހދ.ފިނޭގެ ޓީމުން އެރަށުގެ ގިނަ ޢަދަދެއްގެ ފޯމްތަކެއް ޕާޓީގެ އިންތިޤާލީ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާ ޙަވާލު ކުރައްވާފައިވާކަމަށް އެޕާޓީން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން ހދ. ކުމުންދޫގެ ޕީ.ޕީ.އެމް އުސްކުން ނަ ގޮފީގެ ބޭފުން އެކުލެވޭ ޓީމަކާއި ބައްދަލު ކުރެއްވުންވެސް މިއަދު އޮތް ކަމަށް ޕީޕީއެމް އިން ހާމަކޮށްފައިވެއެވެ.

މިދިޔަ ޑިސެމްބަރު މަހު 23 ވަނަ ދުވަހު ޕީޕީއެމްއަށް 9 ކައުންސިލަރަކު ސޮއިކޮށްފައިވެއެވެ.

ޕީޕީއެމްއިން ވަނީ އެޕާޓީ އުފެދުނު ފަހުން ބޭއްވި 17 ބައި އިލެކްޝަންގެ ތެރެއިން 14 ބައި އިލެކްޝަން ކާމިޔާބުކޮށްފައެވެ.

ފަހުގެ