ޤުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ދިރިއުޅުއްވާ ގޭގެ ސިޑި ދަށުން ކަނޑިތަކެއް ފެނިއްޖެ

ޤުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ދިރިއުޅުއްވާ ގޭގެ ސިޑި ދަށުން ކަނޑިތަކެއް ފެނިއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގެމަނަ ފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ ރިޒާ ދިރިއުޅުއްވާ ގޭގެ ސިޑިދަށުން މިދިއަ ހުކުރުދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ކަނޑިތަކެއް ފެނިފައިވާކަން ފުލުހުންވެސް ސިއްރުކޮށްފައިވާ ކަމަށެވެ.

“އަޅުގަނޑު އުޅޭ ގެއާއި ރިޒާ އުޅޭގެއާއި ބައިކުރެވިފައިވަނީ ކުޑަކުޑަ ފާރުކޮޅަކުން. އެހެންވީމަ އަޅުގނޑުމެން ދެމީހުންކުރެ ކޮންމެވެސް މީހަކަށް މީގެ އަސަރުކުރާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ފުލުހުން މިއަދާ ހަމައަށްވެސް މީގެ މައުލޫމާތު ހާމަކޮށްފައެއް ނުވޭ.”

އިލްހާމް ވިދާޅުވީ ދެފޫޓު ތިން ފޫޓު ހުންނަ ވަރުގެ ތިން ކަންޑިއާއި، އިތުރު ހަތިޔާރު ފެނިފައިވާކަމަށެވެ. އަދި އިލްހާމް ވިދާޅުވީ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުރިންވެސް މިފަދަ ކަންތައްތަކެއް ހިނގާފައިވާކަމަށެވެ. އަދި މިކަމަކީ އިލްހާމް ނުވަތަ ރިޒާއަށް ހަމަލާއެއް ދިނުމުގެ ގޮތުން ކޮށްފައިވާކަމެއްކަމަށް ބެލެވޭ ކަމަށެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުވެސް ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މިކަމާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މަޖިލީސް މެމްބަރެއް ދިރިއުޅުއްވާ ގެއެއްގެ ސިޑިދަށުން ތޫނު ހަތިޔާރު ފެނިފައި މިވަނީ މިދިއަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ގެނައި ކާތަކެއްޗަށް ކަޓަރު ތިލައާއި ދަނގަޅު އަޅާފައި ހުއްޓާ ފެނިފައިވަނިކޮށެވެ. މީގެ އިތުރުން ދާދި ފަހުން ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އަށް އާޓިފިޝަލް ބީޗުން ބަޔަކު ވަނީ ހަމަލާދީފަ އެވެ.

“ރައްޖިތުންގެ މަޖިލީސް ރައްޔިތުންނަށް” މި ނަމުގައި ގައުމީ ހަރަކާތުން ކެމްޕޭނު ފެށިފަހުން، މަޖިލީސް މެމްބަރުންނަށް އަންނީ އެކި ގޮތްގޮތުން ނުކާތަކާއި ކުރިމަތިވަމުންނެވެ.

ފަހުގެ