ލާދީނީ ލާދީނީ ލާދީނީ!!

“ލާދީނީ” މިބަހަކީ ފަހަކަށް އައިސް ދިވެހިރާއްޖޭގެ ކުދިބޮޑު އެންމެގެ މެދުގައި ދެކެވޭ ވާހަކަތަކުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ބަހެވެ. “ބަޣާވާތް”، “އިންގިލާބު”، “ސިޔާސީ” މިފަދަ ބަސްތަކާއި އެކު “ލާދީނީ” މިބަސް ބޭނުން ކުރެވެމުންދާއިރު ބަހުގެ މާނަ އިނގެނީ ކިތައް މީހުންނަށްތޯ މިއީ އުފެދޭ ސުވާލެކެވެ.

ލާދީނީ މިބަހަކީ ދީނާ ބީރައްޓެހި، ދީނާ ދުރު، ދީނުގައި އަންގަވާފައިވާގޮތާ ޚިލާފު، މިމާނަތަކުގައި ބޭނުން ކުރެވޭ ބަހެކެވެ. ދިވެހިން މިބަސް ބޭނުން ކުރަނީ އެންމެ ބޮޑަށް ސިޔާސީ މައިދާނުގައެވެ. އެގޮތުން މިވެނި މީހަކީ “ލާދީނީ ފިކުރު” ގެންގުޅޭ މީހެއް، ނުވަތަ މިވެނި މީހަކީ “ލާދީނީ ވާހަކަ” ދައްކާ ނުވަތަ “ލާދީނީ ކަންތައްތައް” ކުރާ މީހެއް ކަމުގައި ބުނެއުޅެއެވެ.

ދިވެހިރާއްޖޭގެ އެއަރޕޯޓު އިންޑިޔާގެ ޖީއެމްއާރު ކުންފުނިން ހިންގުމަކީ “ލާދީނީ” ކަމެއްކަމަށް ބުނެ ވަރުގަދަ މުޒާހަރާތަކެއް މާލެ ތެރޭގައި ކުރެވުނެވެ. “އިސްލާމްދީނާއި ދިވެހިންގެ ސަޤާފަތާއި ދިވެހިންގެ ކާބަފައިންގެ ހައްޤު”ގައި ޖީއެމްއާރު ރާއްޖެއިން ބޭރުކޮށްލުމަށް ކުރެވުނު މިމުޒާހަރާތަކުގެ އެންމެ އަޑީގައިތިބީ ދިވެހި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރުމުގެ ނަމުގައި އުފެދުނު ސިޔާސީ ޕާޓީ “އަދާލަތު”ގެ އިސްވެރިންނެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އަދާލަތުޕާޓީ ރަޖިސްޓްރީކޮށް އެޕާޓީއަށް މެމްބަރުން ހޯދުމަށް ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ކުރެވުނު މަސައްކަތުގައި އަޅުގަނޑާއިވެސް އެޕާޓީގެ ފަރާތުން މީހުން ހޯދަން ދުވި މީހަކު “X” ދިމާވިއެވެ. “އަދާލަތުޕާޓީއަކީ ސިޔާސީ ޕާޓީއެއް ނޫން ކަމަށާއި މިއީ ޑިމޮކްރަސީގެ ތެރެއިން ޤައުމަށް ދިމާވާ ކަންތައްތަކުގައި އިސްލާމް ދީނާ ހިލާފުކަމެއް އުޅޭނަމަ އެކަމަކާ ވަކާލާތުކުރާ ޖަމިއްޔާއެއްގެ ގޮތުގައި ދުށުމަށް އަޅުގަނޑު ގާތުގައި “X” ބުނިއެވެ. އަދި އަދާލަތު ޕާޓީގެ މަޤުސަދަކީ ރާއްޖޭގެ ވެރިކަން ކުރުން ނޫން ކަމަށާއި ދިވެހިރާއްޖޭގައި ފިތުނަފަސާދަ އުފެދުނަ ނުދީ މިރާއްޖެއަކީ އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް އަދާލަތު ޕާޓީން މަސައްކަތް ކުރާނެ ކަމަށް އެފަރާތުން އަޅުގަނޑަށް ޔަޤީންކަން “X”  އެރުވިއެވެ.

2008 ވަނަ އަހަރު 30 އަހަރުގެ ދިގު ވެރިކަން ވައްޓާލުމަށްފަހު ކެނެރީގޭ މުހައްމަދު ނަޝީދު ވެރިކަމާއި ހަވާލުވީ އަދާލަތު ޕާޓީވެސް ނަޝީދާއި ބައިއަތު ހިފައިގެންނެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އަދާލަތަށް ނަޝީދުވެސް ރަގަޅެއް ނުވިއެވެ. ނަޝީދުވެސްވީ ލާދީނީ މީހަކަށެވެ. މައްސަލައެއް ނެތެވެ. ސާކްސަމިޓް އައްޑޫގައި ބޭއްވުމަށްޓަކައި އައްޑޫގައި ބުދުތަކެއް ބެހެއްޓުނެވެ. އެއީ ލާދީނީ ކަމެއް ނޫނޭ ބުނުމަކީ ލާދީނީ ކަމެކެވެ. މިއީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. އަދާލަތު އުފެދުނު އިރު ދެއްކި ވާހަކަތައް ވީ މުޅިން ހޮޅި ވާހަކައަށެވެ. ވެރިކަން ދެއްވަނީ ހުދު މާތް ﷲއެވެ. އެކަލާންގެ އިންސާނަކަށް މިންވަރު ކުރެއްވި ކަމަކަށް ދެކޮޅު ހެދުމަކީ ލާދީނީ ކަމަކަށް ނުވެއެއް ނުދާނެއެވެ. އާޚިރުގައި ސިޔާސީ “ދީނީ” ޕާޓީވެސް ފެށީ ލާދީނީ ވާށެވެ. މާލޭގެ މަގުމައްޗައް ނިކުމެ ހަމަނުޖެހުން ހިންގާ ޤައުމުގެ އަމަން އަމާންކަން ބެލެހެއްޓުމާއި ހަވާލުވެގެން ތިބި ފަރާތްތަކާ ދެކޮޅަށް މާރާ މާރީ ހިންގާ ޤައުމުގެ އަމަން އަމާންކަންވެސް ނަގާލީ އަދާލަތު ޕާޓީވެސް ބައިވެރިވެގެންނެވެ.

ކޮންމެއަކަސް މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. ދީން ހަތިޔާރަކަށް ހަދައިގެން ލާދީނޭ ކިޔައިގެން ދިވެހިންގެ ބޮލަށް “ޗިޕު” ޖަހައިގެން ޤައުމުގެ އެއަރޕޯޓު ތަރައްޤީ ކުރުމަށް މިޤައުމަށް އައިސްތިބި މީހުން ފައްސާލީއެވެ. ރައްޔިތުން ހޮވާފައިތިބި މެމްބަރުންނާ ދެކޮޅަށް ލާދީނީއޭ ގޮވައި މިހާރު އަނެއް ހަޑިވެސް ހާވަން ފަށައިފިއެވެ.

އަޑުގެ ތަންމިނަށް ލާދީނޭ ލާދީނޭ ގޮވަމުން ދިޔަ ދީނީ މީހުންތަކަށް ސިރީ ސިރީ ބުދު ބަގުވާން މާލެ އައުމުން ގޯހެއް ނުވިއެވެ. އެކަލޭގެއަށް އިހުތިރާމް އަދާކޮށް ޖާފަތް އެރުވުންވީ ލާދީނީގެ ބަދަލުގައި ދީނީ ކަމަކަށެވެ.   އެންމެ ފަހުން ސިޔާސީ ޕާޓީތަކުގައި އެންމެ މަދުވެގެން 10000 މީހުން ތިބެން ޖެހޭނެ ކަމަށް މަޖިލީހުން ފާސްކުރުމާއި ގުޅިގެން އަދާލަތު ޕާޓީން ބުނެފައިވަނީ އެކަމަކީވެސް ލާދީނީ ކަމެއްކަމަށެވެ. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދަރިކަނބަލުން ފިދާ ވަހީދު ކާލީމާއަށް އަޅުކަން ކުރާ ވާހަކަ ބުނުމުންވެސް ދީނީ މީހުން ހިޔާރު ކުރީ ހަނުހުރުމަށެވެ.

ވިސްނާވިސްނާ ސިކުނޑި ސުމަކަށް ދާވަރުވެއްޖެއެވެ. އެހެނަސް އަދިވެސް ޖީއެމްއާރު މިޤައުމުގައި އޮތުމާއި، ސިޔާސީ ޕާޓީތަކުގެ މެމްބަރުގެ އަދަދު 10000 އަށް ބަދަލުކުރުމަކީ އިސްލާމް ދީނާ ބީރައްޓެހި، އިސްލާމްދީނާ ދުރު ނުވަތަ އިސްލާދީނުން އަންގަވާފައިވާ ގޮތާއި ހިލާފު ކަމެއްކަމަށް ނުވިސްނުނެވެ. އަދި ޤައުމުގައި ހަމަ ނުޖެހުން އުފެއްދުމާއި ފިތުނަ ފަސާދަ އުފެއްދުމާއި ކަލާންގެ ކަމަށް ދައުވާ ކުރާ ސިރީ ސިރީ ބުދު ބަގުވާނަށް އިހުތިރާމް އަދާކުރުމަކީ ދީނީ ކަމެއްގެ ގޮތުގައިވި ސަބަބެއްވެސް ނުވިސްނުނެވެ.

ލާދީނޭ ލާދީނޭ ގޮވާ ފިތުނަ ފަސާދަ އުފެއްދުމާއި ވެރިކަމަށް އައުމުގެ ދަހިވެތި ކަމުގައި ދީން ލާދީނަށް ހަދައި ލާދީން ދީނަށް ހެދުމުގެ ބަދަލުގައި މިޤައުމުގައި ފެތުރިފައިވާ މަސްތުވާތަކެތީގެ ވަބާއާއި، ވިހެއުމަށްފަހު އެއްލާލާ ކުދިންގެ މައްސަލަތަކާއި، ޖިންސީ ގޮތުން ކުޑަކުދިންނާއި އަންހެނުންނަށް ކުރެވެމުންދާ އަނިޔާތަކާއި، މަރާލެވިފައިވާ މީހުންނާއި ޤައުމުގެ ޤާނޫނުގައި އިސްލާމްދީނާއި ހިލާފަތް އަމަލުކުރެވެމުންދާ ލާދީނީ ޤާނޫނޫތަކުގެ މައްސަލަ ފަދަ މައްސަލަތައް ހައްލުކުރުމަށް އަދާލަތު ޕާޓީއަށް އަޅުގަނޑު ގޮވާލަމެވެ.

މިވާހަކަ މިހެން ހާމަކުރުމުން ދެން އަޅުގަނޑާއި މެދުވެސް ބުނެވޭނީ ލާދީނީ މީހެކޭ ތޯއްޗެކެވެ.

ރައީސް ވަހީދުގެ ދަރިކަނބަލުން ފިދާވަހީދު “ކާލީ މާ” އަށް ތައުރީފުކޮށް ވާހަކަދައްކަނީ:

ފަހުގެ